Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ވޯޓު ދޭން ތިބި މީހުންނަށް އަރާމު ނިދި ލިބިޔަދެއްވާ: ޑރ. އިޔާޒް

ކައިރި ގެތަކުގެ މީހުންނަށް އުނދަގޫވާ ވަރަށް އަޑުގަދަކޮށް ނުހެދިޔަސް ކެމްޕޭން ކުރެވިދާނެ ކަމަށާއި ވޯޓު ދޭން ތިބި މީހުންނަށް އަރާމު ނިދި ލިބިޔަދިނުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އިލްތިމާސް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީތަކަށް ވާދަކުރާ ފަރާތްތަކުން ކެމްޕޭން ކުރައްވަން ފައްޓަވާފައިވާއިރު، ރޭގަނޑު ވަރަށް ދަންވަންދެން ވެސް ބައެއް ކެމްޕޭން ޖަގަހަތަކުން އަޑުގަދަކޮށް ލަވަޖެހުން ވަނީ އާންމުވެފައެވެ.

އެއް ކެންޑިޑޭޓަކަށް ވުރެ އަނެއް ކެންޑިޑޭޓެއްގެ ލަވައިގެ ރާގު ރީތިވެފައި ޅެންވެރިކަން މޮޅު ކުރެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ. މި ވާދަވެރި ރޭހުގައި ކުރެވޭ އަމަލުތަކުގެ ސަބަބުން ޖެހިގެން ހުރި ގޭތަކުގެ މީހުންނަށް ހަމަޖެހިގެން ނިދާލެވޭތޯ ވިސްނާލާ ފަރާތްތައް ވަނީ ވަރަށް މަދުވެފައެވެ.

ހަމަ ނިދި ނުލިބުމުގެ ސަބަބުން އަންނަ ރުޅީގައި ދޭން ހިތުގައި އޮންނަ ވޯޓު ވެސް ތިމާއަށް ނުލިބިދާނެ ކަމަށް ވިސްނާ މިކަމަށް ސަމާލުކަން ދިނުން އެއީ ވަރަށް މުހިއްމު ކަމެކެވެ.