Last Updated: April 18, 18:36
Thursday, April 18, 2024
ޚަބަރު

ނ.ހެނބަދޫ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

ގެއްލިގެން ހޯދާ ޒުވާނާ. ފޮޓޯ: ޕޮލިސްލައިފް

ވީނުވީއެއް ނޭނގި ގެއްލިގެން ނ.މަނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ނ. ހެނބަދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ނ.ހެނބަދޫ، އެންދެރިމާގެ މުޙައްމަދު އަޒުމީރު (25އ) ކަމަށް ފުލުހުން ބުނެއެވެ.

މި މީހާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ނ.މަނަދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9792039 ނުވަތަ 3322111 ށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.

ފުލުހުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމުގައި ވިދާޅުވެފައެވެ.