Last Updated: April 24, 23:11
Wednesday, April 24, 2024
ޓެކްނޮލޮޖީ

ވާދަވެރި ސެމްސަން ސްމާޓް ޓީވީގައި އައިޓިއުންސް ހިމަނަނީ

ސެމްސަން އިން ކުރިއަށް އޮތް ހޫނު މޫސުމުގައި ބާޒާރަށް ނެރުމަށް ތައްޔާރުވާ ސްމާޓް ޓީވީތަކުގައި ވާދަވެރި އެޕަލްގެ އައިޓިއުންސް ސޮފްޓްވެއާ ހިމަނާނެކަމަށް އެމެރިކާގެ ލަސްވެގަސް މިހާރު ކުރިއަށްދާ ސީއީއެސްގައި އެ ކުންފުނީގެ އެގްޒެކެޓިވް އެއްކަމަށްވާ ޑޭވް ދަސް ބުނެފިއެވެ.

އައިޓިއުންސް މެދުވެރިކޮށް ޓީވީ ސީރީޒް އާއި ފިލްމު ބެލޭނެކަމަށާއި ނަމަވެސް މިއުޒިކް ހިމަނާފައި ނުވެއެވެ.

އެނަލިސްޓުން ބުނާގޮތުގައި މިކަމުގެ ސަބަބުން ސެމްސަން އަދި އެޕަލް އަށް ވެސް ގިނަ ފައިދާތަކެއް ކުރާނެކަމަށާއި މި ދެ ކުންފުނީގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިމިވަނީ އެޕަލް އިން ނެޓްފްލިކްސް އާ ވާދަކުރުމަށް ސްޓްރީމިން ޕްލެޓްފޯމެއް ލޯންޗުކުރަން ވަރަށް ގާތްވެފައިވާ ދަނޑިވަޅުގައެވެ.

އައިޓިއުންސްގެ އިތުރުން ސެމްސަންގެ ސްމާޓް ޓީވީތަކުން އެއާޕްލޭ 2 ސަޕޯޓް މެދުވެރިކޮށް އެޕަލްގެ ކޮންމެ ޑިވައިސްއަކުން ވީޑިއޯ ސްޓްރީމް ކުރެވުމުގެ އިތުރުން ފޮޓޯ އާއި މިއުޒިކް އަޑުއެހޭނެއެވެ.

ސެމްސަން އިން މީގެކުރީން ނެރެފައިވާ ސްމާޓް ޓީވީތަކަށް ވެސް ފާމްވެއާ އަޕްޑޭޓްކޮށްގެން ފަހުގެ ޓީވީތަކުގައި ހިމަނާފައިވާ ފީޗާސްތައް ބޭނުންކުރެވޭނެކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ސެމްސަންގ ޓީވީތަކަށް އެއާޕްލޭ ތައާރަފު ކުރާއިރު ވާދަވެރި އެލްޖީން ވަނީ އައިޓިއުންސް ބޭނުން ކުރެވޭގޮތް ހަދާފައެވެ.