Last Updated: April 24, 11:19
Wednesday, April 24, 2024
ޚަބަރު

އައްޑޫ އާއި ފުވައްމުލަކަށް ވައިޓް އެލާޓް ނެރެފި

އައްޑޫ އަދި ފުވައްމުލައް ސިޓީ ހިމެނޭ ސަރަހައްދަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިމިވަނީ މިއަދު ހެނދުނު 09:30 އާއި 14:30 އާއި ދެމެދަށެވެ. އެ އިދާރާއިން ބުނާ ގޮތުގައި އެވަގުތުތަކުގައި މި ސަރަހައްދަށް ބޯކޮށްވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވެއެވެ.

ރާއްޖޭގެ އެހެން ހިސާބުތަކަށް އާންމު ގޮތެއްގައި މޫސުމް ރަނގަޅުވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.

އިރުއުތުރާއި އިރުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެދުތެރޭގެ އަތޮޅުތަކަށް ކަނޑު އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.