Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ބިޒްނަސް ކްލާހަށް ސްރީލަންކަންއިން ހާއްސަ ޑިސްކައުންޓެއް

ސްރީލަންކަން އެއާލައިންސްގެ ފަރާތުން އެ އެއާލައިންގެ ބިޒްނަސް ކްލާހަށް ހާއްސަކޮށްގެން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެ ޕްރޮމޯޝަން ކުރިޔަށްދާނީ 8 ޖެނުއަރީ 2019 އިން ފެށިގެން 22 ޖެނުއަރީ 2019އަށެވެ.

މި ޕްރޮމޯޝަނުގައި ގަމުން ކޮލޮމްބޯއަށް ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންނަށް 25 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް ސްރީލަންކަން އެއާލައިނުން ވަނީ ހަމަޖެހިފައެވެ.

އަދި ގަމުން ކުއަލަލަމްޕޫރް، ސިންގަޕޫރު، ބެންކޮކް، ޖަކާޓާ އަދި މިޑްލް އީސްޓަށް ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންނަށް 10 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ އެއާލައިނުން ބުނެއެވެ.

މި ފެއަރ ތަކާއިބެހޭ އިތުރު މައުލޫމާތު ސްރީލަންކަން އެއާލައިންސްގެ ވެބްސައިޓް ލިބެން ހުންނާނެއެވެ.