Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ހުރިހާ ސްކޫލްތަކަށް ޓީޗަރުން ހަމަވެއްޖެ: އެޑިއުކޭޝަން

ޓީޗަރުން

ދިރާސީ އާ އަހަރުގެ ކިޔެވުން މިމަހުގެ 13 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު ސުކޫލުތަކުގައި ކިޔަވައިދޭނެ ޓީޗަރުން ހަމަވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި ހަވާލާދެއްވާ އޮންލައިން ނޫސް "ސީއެންއެމް"އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހުރިހާ ސުކޫލަކަށް ޓީޗަރުން ވަނީ ހޯދާފައެވެ. ސުކޫލުތައް ހުޅުވޭއިރަށް ހުރިހާ ޓީޗަރުންވެސް ސުކޫލުތަކާ ގުޅޭނެ ކަމަށާއި އެގޮތުން ބޭރުގެ ޓީޗަރުން ވެސް ރާއްޖެ އަށް އަންނަން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް އެ ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.

ސުކޫލުތައް ހުޅުވޭއިރު ދަރިވަރުންނަށް ދޫކުރަންޖެހޭ ފޮތްތައް ވެސް ދޫކޮށް ނިންމާލެވޭނެ ކަމަށާއި އެގޮތުން ޓެކްސް ފޮތްތައް ދޫކުރާނީ ސްކޫލް ހުޅުވޭ ދުވަސްކަމަށްވާ އަންނަ އާދިއްޔަ ދުވަހުގައި ކަމަށާއި އެއީ މިނިސްޓްރީން އެކަން ކުރުމަށް މި އަހަރު ނިންމާފައިވާ ގޮތް ކަމަށް ޑރ. އައިޝަތު ވިދާޅުވެފައިވެއެވެ.