Last Updated: September 18, 11:07
Wednesday, September 18, 2019
ޚަބަރު

ފިޝަރީޒް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަށް ޝާފިއާ އައްޔަންކޮށްފި

ފޮޓޯ: ދަޕްރެސް

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ޑރ. އައިމިނަތު ޝާފިއާ އައްޔަންކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެ މަގާމަށް ޝާފިއާ އައްޔަން ކޮށްފައިވަނީ އިއްޔެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މި މަގާމަށް ޝާފިޔާ އައްޔަންކުރުމުގެ ކުރިން، ސަރުކާރު ބަދަލުވުމާ ގުޅިގެން ވަގުތީ ގޮތުން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގެ މަސްއޫލިއްޔަތުތައް ހަވާލު ކުރީ ވެސް އޭނާއާއެވެ.

ޕްލާންޓް ސައިންސްއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ އުމުރުން 28 އަހަރުގެ ޝާފިޔާ ވަނީ އެންވަޔަރަމެންޓް ބައިލޮޖީ އެންޑް އެގްރިކަލްޗާއިން ޑަބަލް މާސްޓާސް ވެސް ހާސިލްކުރައްވާފައެވެ. ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ޑރ. ޝާފިއާ ވަނީ 13 އަހަރު ފިޝަރީޒް މިނިސްޓްރީގެ އެގްޒެކެޓިވް މަގާމުތައް އަދާ ކުރައްވާފައެވެ.