Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

"މުންނާ ބާއީ 3" ގެ ޝޫޓިންގ ވަރަށް އަވަހަށް ފަށަނީ

މަޝްހޫރު ވެގެންދިޔަ ފިލްމް "މުންނާ ބާއީ" ގެ 3 ވަނަ އިންސްޓޯލްމަންޓް މި އަހަރު ނިމޭހާތަނަށް ބެލުންތެރިންނާއި ހަމަޔަށް ގެނެސްދެވޭނެ ކަމަށް ބެލެވޭ ކަމަށް އަރްޝަދް ވަރްސީ ބުނެފިއެވެ.

ރާޖްކުމާރް ހިރާނީ ޑައިރެކްޓް ކޮށްފައިވާ "މުންނާ ބާއީ އެމް.ބީ.ބީ.އެސް" 2003 ގައި ނެރެފައިވާ އިރު އެ ފިލްމްގެ ސީކުއެލް "ލަގޭ ރަހޯ މުންނާ ބާއީ" ވަނީ އޭގެ ތިން އަހަރު ފަހުން ނެރެފައެވެ.

މި ފިލްމުތަކުގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ސަންޖޭ ދަތުއެވެ. މިފަހަރުގެ ފިލްމުގައި ވެސް ސަންޖޭ ދަތުގެ އިތުރުން އެފިލްމުތަކުން ފެނިގެންގޮސްފައިވާ "ސާކެޓް" ކެރެކްޓާ އަދާކުރާ އަރްޝަދް ވަރްސީ ފެނިގެންދާނެއެވެ.

އަރްޝަދު މިވަގުތު ތައްޔާރުވަމުންދަނީ ސޯރަބް ޝްރިވާސްތަވާ ޑައިރެކްޓް ކޮށްފައިވާ އޭނާގެ ފިލްމް "ފްރޯޑް ސައިޔާން" ރިލީޒް ކުރުމަށެވެ. މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.