Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

"ދަބަންގް 3" ގެ މަސައްކަތް އޭޕްރީލްމަހު ފަށަނީ

ސަލްމާން ޚާންގެ ފިލްމް "ދަބަންގް" ފްރެންޗައިސްގެ 3 ވަނަ ފިލްމް "ދަބަންގް 3" ގެ ޝޫޓިންގތައް މިއަހަރު އޭޕްރީލްމަހު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

މިފިލްމުގައި ވެސް ސަލްމާން "ޗުލްބުލް ޕާންޑޭ" ގެ ރޯލުން ފެނިގެންދާނެ ކަމަށްވެއެވެ. މިފިލްމުގެ މަސައްކަތް އޭޕްރީލްމަހު ފެށުމަށް ތައްޔާރު ވަމުންދާކަން ޔަގީންކޮށްދެމުން ފިލްމުގެ ޑައިރެކްޓަރު އަރްބާޒް ޚާން ބުނެފައިވަނީ މިހާރު ދަނީ ފިލްމުގެ ޝޫޓިންގތައް ކުރިޔަށް ގެންދާނެ ލޮކޭޝަންތައް ބަލަމުން ކަމަށެވެ.

މި ފިލްމުގައި ސަލްމާންގެ ރޯލު ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ ޕްރަބޫ ދޭވާއެވެ. މި ފިލްމުގެ ޝޫޓިންގތައް ފެށުމުގެ ކުރިން ސަލްމާން އަލީ އައްބާސް ޒަފަރުގެ ފިލްމް "ބާރަތު"ގެ ޝޫޓިންގތައް ނިންމާނެއެވެ.

"ދަބަންގް 3" އިން ފެނިގެންދާނީ ނޮއިޑާގެ ފުލުހެއްގެ ހަގީގީ ދިރިއުޅުމުގެ މައްޗަށް ބިނާކޮށްފައިވާ ވާހަކައެކެވެ. ދަބަންގް ފިލްމުގެ ކުރިން ނެރެފައިވާ ދެފިލްމަކީ ވެސް ސަޕޯޓަރުންގެ ފުރިހަމަ ތާއީދު ލިބިފައިވާ ފިލްމުތަކެވެ.