Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

އިންޓި ޔުނިވާސިޓީ: ތަފާތު ކިޔެވުމުގެ މާހައުލެއް!

ދިވެހިން އެެންމެ ގިނައި ކިޔަވަންދާ އެއް ގައުމަކީ މިއަދު މެލޭޝިއާއެެެވެ. ކޮންމެ އަހަރަކު އެތައް ދިވެހި ކުދިން މެލޭޝިއާއަށް ކިޔަވަންދާ އިރު އެގައުމުގެ ކޮލެޖު ތަކާއި ޔުނިވާސިޓީތަކުގެ ސައްހަ މައުލޫމާތު ހޯދުމަކީ މުހިއްމު ކަމެކެވެ.

މެލޭޝިއާއަށް ބަލާއިރު އެގައުމުގައި މިއަދު 80 އަށް ވުރެ ގިނަ ކޮލެޖު ޔުނިވާސިޓީ ހުރި އިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 173،000 އަށް ވުރެ ގިނަ ކުދިން ދަނީ ކިޔަވަމުންނެވެ. އެހެންވެ މެލޭޝިއާއަކީ މި ސަރަހައްދުގައި އެންމެ ގިނައިން ބޭރު ދަރިވަރުން ކިޔަވަމުން އަންނަ ގައުމެެވެ. އެކަމާއި ގުޅިގެން މެލޭޝިއާގެ އެޑިއުކޭޝަނާއި ބެހޭ ވުޒާރާއިން ވަނީ އެގައުމުގެ ތައުލީމީ ނިޒާމުގެ ފެންވަރު ހިފެހެއްޓުމަށް މަސައްކަތް ފަށާފައެވެ.

މެލޭޝިއާގެ އިންޓި އިންޓަނޭޝަނަލް ޔުނިވާސިޓީ އެންޑު ކޮލެޖަކީ އެގައުމުގައި މިހާރު ހިންގަމުންދާ އެންމެ ތަފާތު އެންމެ ފެންވަރު ރަނގަޅު ވަސީލަތްތަކާއި އެކު ކިޔަވައިދޭ އެެއް ޔުނިވާސިޓީއެވެ. ޖުމްލަ 5 ކެމްޕަސް މެލޭޝިއާގެ ފަސް ސަރަހައްދެއްގައި ހަދާފައިވާ އިރު މި ޔުނިވާސިޓީއިން ބިޒްނަސްއިން ފެށިގެން، އިންޖިނިއަރިން އަދި ގާނޫނީ ދާއިރާގެ އިތުރުން މިހާރު ބާރަށް ކުރިއަރަމުން އަންނަ މާކޮމިއުނިކޭޝަންގެ ކޯސްތައް ދަނީ ހިންގަމުންނެވެ.

އިންޓީ އިން ވަނީ ދާދި ފަހުން އެ ޔުނިވާސިޓީގެ ކެެމްޕަސްތަކުގައި ހުރި ވަސީލަތްތަކާއި، ކިޔަވައިދޭ ޕްރޮގްރާމްތަކުގެ ތަފްސީލް، ދިވެހިރާއްޖެ އާއި އަވައްޓެރި ލަންކާގެ އިތުރުން ތައިލެންޑު އަދި އިންޑޮނޭޝިއާގެ އެޑިއުކޭޝަން ދާއިރާގެ ފަރާތްތަކަށް ދައްކާލާފައެވެ. މި ދަތުރުގައި އެ ޔުނިވާސިޓީން ހިންގާ ފަސް ކެމްޕަހުގެ ތެރެއިން ހަތަރު ކެމްޕަސް ވަނީ ދައްކާލާފައެވެ.

އިންތި ތަފާތީ ކީއްވެ؟

މެލޭޝިއާގައި ތިބި އެހެން ޔުނިވާސިޓީ ތަކާއި އިންތި ޔުނިވާސިޓީ ވަރަށް ތަފާތެވެ. ކިޔަވައިދިނުމުގެ މާހައުލުން ފެށިގެން ދަރިވަރުންގެ ކާމިޔާބީ އަކީ އިންތީގެ ތަފާތެވެ. އެ ޔުނިވާސިޓީ އަކީ މެލޭޝިއާގެ އެންމެ މަޝްހޫރު އެންމެ ފާހަގަ ކޮށްލެވޭ އެއް ޔުނިވާސިޓީ ކެމްޕަހަށްވަނީ އެތަނުން ކިޔަވައި ނިންމާ ދަރިވަރުންގެ ތަޖްރިބާ އާއި ކޮލިފިކޭޝަން ސްޓޭންޑާޑްއެވެ.

މެލޭޝިއާގެ ތައުލީމާއި ގުޅޭ ގޮތުން ސާވޭ ކުރާ ފަރާތްތަކުން އިންތި ޔިނިވާސިޓީއަށް މަތީ ގްރޭޑް ދީފައިވަނީ އެތަނުން ކިޔަވައި ނިންމާފައިވާ ދަރިވަރުންގެ ވަޒީފާގެ މާހައުލާއި، ވަޒީފާ ލިބުމާއި، އުނގެނުނު އެއްޗެހީގެ މައްޗަށް ހަދާފައިވާ ދިރާސާއިންނެވެ. އެގޮތުން އިންތި ފާހަގަ ކުރެވެނީ އެޔިނިވާސިޓީން ކިޔަވާ ދަރިވަރުންގެ ތެރެއިން 99 އިން ސައްތަ ދަރިވަރުން، ކިޔަވައި ނިންމާތާ 6 މަސް ދުވަހުގެ ތެރޭގައި ވަޒީފާ ލިބިފައިވުމެވެ.

މީގެ އިތުރުންވެސް އިންތީން ކިޔެވި ދަރިވަރުންގެ 91 އިންސައްތަ ދަރިވަރުންނަކީ ވަޒީފާގެ ދާއިރާގައި އެ ދަރިވަރުން އަދާ ކުރާ ވަޒީފާގެ ރޭންޖުގައި އެންމެ މަތިން މުސާރަ ލިބޭ ދަރިވަރުންނަށްވަނީ ވެފައެވެ. އަދި 60 އިން ސައްތަ ދަރިވަރުން ގްރެޑުއޭޓު ވުމުގެ ކުރިން ވަޒީފާގެ ހުށަހެޅުން ލިބެމުން އަންނަކަމަށް ސާވޭއިން ވަނީ ދައްކާފައެވެ.

އިންތީއިން ބުނީ މި ތަފާތު އެ ޔުނިވާސިޓީ ދަރިވަރުންނަށް ލިބުމުގެ މައިގަނޑު ސަބަބަކީ ކިޔަވައިދިނުމުގެ ވައްޓަފާޅި، އާއި ތަޖްރިބާގެ އިތުރުން ތަފާތު ބޮޑެތި ކުންފުނިތަކާއި، އެކި އިންޑަސްޓްރީ އާއި އޮންނަ ގުޅުންކަމަށެވެ.

އިންޖިނިއަރިން އަދި އިލެކްޓްރޯނިކްސް ކިޔަވާ ދަރިވަރުންނަށް އެެންމެ ފަހުގެ މެޝިނަރީތަކުގެ އެހީގައި ކިޔަވައިދޭއިރު ހޮސްޕިޓަލިޓީ ދާއިރާއިން ކިޔަވާ ދަރިވަރުންގެ އަމަލީ ތަޖްރިބާ ހޯދަނީ މެލޭޝިއާގެ މަޝްހޫރު ހޮޓެލް ޗެއިންތަކުންނެވެ. އަދި ބިޒްނަސް ދާއިރާގެ ތަޖްރިބާ ތަކަށް ދުނިޔޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކުން ލިބޭ ފުރުސަތުންނެވެ.

ކެމްޕަހާއި ވަސީލަތްތައް:

އިންތީ ޔުނިވާސިޓީއަށް ބަލާއިރު އެ ޔުނިވާސިޓީގެ ކެމްޕަސްތައް ފަރުމާ ކުރެވިފައިވަނީ ދަރިވަރުންނަށް އެންމެ ފަސޭހަ އަދި އެންމެ އެކަށޭނެ ކިޔެވުމުގެ މާހައުލެއް ފަހިކޮށްދެވޭ ގޮތަށެވެ. ޑިޒައިނިން ކިޔަވާ ކުދިންނަށް ބޮޑު ސްޓޫޑިއޯ އެންމެ ފަހުގެ އައި-މެކް ކޮމްޕިއުޓާރ ތަކާއި އެކު ގާއިމް ކުރެވިފައިވާ އިރު އިންޖިނިއަރިން ކުދިންނަށް ވަނީ އިންޑަސްޓްރީގައި ބޭނުންކުރާ އެންމެ ފަހުގެ މެޝިނަރީޒް ހިމެނޭ ލެބެއް ގާއިމްކޮށްފައެވެ.

އިލެކްޓްރޯނިކްސް ލެބަކީ މަޝްހޫރު މޮޓްރޯލާގެ އެހީގައި ގާއިމްކޮށްފައިވާ ޒަމާނީ ލެބެކެވެ. ލައިބްރަރީ އާއި ޔުނިވާސިޓީގެ ލޮބީ ހަދާފައިވަނީ ދަރިވަރުންނަށް އެންމެ އެކަށޭނެ ގޮތަށް ކިޔަވައި މުޠާލިއާ ކުރެވޭ ގޮތަށެވެ.

ކުޅިވަރުގެ ވަސީލަތް ހިމެނޭއިރު މިއުޒިކާއި، މާސް މީޑިއާއަށް ހާއްސަ ޒަމާނީ ސްޓޫޑިއޯތައް ވަނީ ގާއިމް ކުރެވިފައެވެ. މުޅި ކެމްޕަސް ތައްޔާރު ކުރެވިފައިވަނީ ދަރިވަރުންނަށް ފަސޭހައި ވަދެ ނިކުމެ އުޅެވޭނެ ގޮތަށެވެ.

މަތީ ތައުލީމު ހާސިލް ކުރުމަށް މެލޭޝިއާގެ ޔުނިވަސީޓީތައް އިހްތިޔާރު ކުރާނަމަ އިންތީ ޔުނިވާސިޓީ އަކީ ތައުލީމާއި ފެންވަރުގެ ގޮތުން މުޅި މެލޭޝިއާގެ އިތުރުން ސައުތު އޭޝިއާއިން ހޮވާލެވޭނެ އެއް ޔުނިވާސިޓީއެވެ.