Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ތިމަރަފުށީ ދާއިރާ އަށް ވާދަކުރައްވަން ރިޔާޒް ނިންމަވައިފި

އަބްދުﷲ ރިޔާޒު، ފޮޓޯ: ރާއްޖެއެމްވީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިމަރަފުށި ދާއިރާ އަށް ވާދަކުރައްވަން އަބްދުﷲ ރިޔާޒު ނިންމަވައިފިއެވެ.

ކިނބިދޫ ދާއިރާގެ މެންބަރުކަން މިހާރު ކުރައްވަމުން ގެންދަވާ ރިޔާޒު، ތިމަރަފުށީ ދާއިރާ އަށް ވާދަކުރައްވާނެކަން އިއުލާން ކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"މާތްﷲގެ ވާގިފުޅާ އެކު، 2019 ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށި/ވޭމަންޑޫ ދާއިރާއަށް ކުރިމަތިލާން އަޅުގަނޑު ނިންމައިފިން. މިދާއިރާގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ ތާއީދު އަޅުގަނޑަށް ދެއްވުން އެދި އަދަބުވެރިކަމާ އެކު ދަންނަވަން" ރިޔާޒު ވިދާޅުވިއެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު ކަމުގައި މިވަގުތު ހުންނެވީ އެމްޑީޕީގެ މެމްބަރު މުހައްމަދު މުސްތަފާއެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވެސް ކުރިމަތިލައްވަން މުސްތަފާ ނިންމަވާފައިވާއިރު، އޭނާ މިހާރު އަންނަނީ އެ ޕާޓީގެ ޓިކެޓު ހޯދުމަށް ޕްރައިމަރީގައި ކެމްޕެއިން ކުރައްވަމުންނެވެ.

މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަނުން ވާދަކުރަން ނިންމާފައިވަނީ ވަކިވަކިންނެވެ. އެގޮތުން ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީން ވަނީ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާ އަށް ވާދަކުރައްވަން ނިންމާފައެވެ.