Last Updated: April 20, 18:01
Saturday, April 20, 2024
ޚަބަރު

ހަންކެޑަ ތަރައްޤީކުރުމާއި ގުޅޭ ގޮތުން މި މަހު ގޮތެއް ނިންމަނީ

އައްޑޫ ސިޓީ ހަންކެނޑެ ތަރައްޤީ ކުރުމާއި ބެހޭގޮތުން ޖެނުއަރީ މަސް ނިމުމުގެ ކުރިން ގޮތެއް ނިންމަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވެފައި ވަނީ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ސިޓީ ކައުންސިލާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސ.ހަންކެނޑެ ގައި ސިޓީ ހޮޓަލެއް ތަރައްޤީ ކުރުމުގެ ވާހަކަ އަކީ 2005 ވަނަ އަހަރުން ފެށިގެން ސަރުކާރުތަކުން ދައްކަމުން އަންނަ ވާހަކައެކެވެ.

އެގޮތުން ހަންކެޑެއިގައި ސިޓީ ހޮޓަލެއް ތަރައްގީ ރައީސް މައުމޫންގެ ވެރިކަމުގައި އެ ރަށް އެންމެ ފުރަތަމަ ހަވާލު ކުރީ ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާ އެވެ. އެއީ 18 މަސް ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.

އެހެން ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ކުންފުންޏަށް އެކަން ނުވުމުން ސަރުކާރުން ވަނީ ތޫނޑު 2،500 ޑޮލަރުން ޖޫރިމަނާކޮށް، އެ ކުންފުނި އަތުން ހަންކެޑެ އަތުލިއެވެ.

އޭގެ ފަހުން ހަންކެޑެ ތަރައްޤީ ކުރުމަށް ހަވާލު ކުރީ ސިންގަޕޫރުގެ ކްރެސެންޑާސް އާ އެވެ. އޭރު މީޑިޔާތަކަށް މައުލޫމާތު ދެމުން ކްރެސެންސްޑާސް އިން ކުރިން ބުނެފައިވާ ގޮތުގައި 2013 ގައި ހަންކެޑެ ތަރައްގީ ކުރަން ފަށައި 2014 ގައި ނިންމާނެ އެވެ.

އެހެން ނަމަވެސް މިއަދާއި ހަމައަށް ވެސް ހަންކެޑެ ތަރައްގީ ކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެ އެެވެ.

އެންމެ ފަހުން ރައީސްކަން ކުރެއްވި ރައީސް ޔާމީންގެ ވެރިކަމުގައި ބައެއް ސިޔާސީ އެއްވުންތަކުގައި ހަންކެޑެއިގެ ވާހަކަ ދެކެވުނު ނަމަވެސް އެ ރަށް ތަރައްޤީ ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.