Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

މަރުވެފައި އޮތް ފިރިހެނަކު މާލޭގެ ގެއެއްގެ ތެރެއިން ފެނިއްޖެ

މާލެ - ފޮޓޯ: ގޫގުލް

މާލޭ ގެއެއްގެ ތެރޭގައި ފިރިހެނަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މ. ރަމާގުލްޝަން ކިޔާ ގެއަކުން މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާއިރު އޭނާ މަރުވީ ކިހިނެއްވެގެންކަން އަދި ސާފުވެފައެއް ނުވެއެވެ.

މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ޒުވާނަކު ފެނިފައިވާއިރު، ރޭގެ ވަގުތެއްގައި ހުޅުމާލެ އިން ވެސް ވަނީ ވީނުވީއެއް ނޭނގި ވަނީ 27 އަހަރުގެ އަންހެނަކު މަރުވެފައެވެ.

އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެންނަން ނެތްއިރު، ފުލުހުން އަންނަނީ އެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.