Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

ރައީސް ސޯލިހް ޔޫއޭއީއަށް ފުރާވަޑައިގަންނަވަނީ

ރައީސުލްޖުމުހޫރިއްޔާ އަނބިކަނބަލުންނާއެކު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަންނަވަނީ: ފޮޓޯ - ރައީސް އޮފީސް

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް މިރޭ ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނު ފުރަތަމަ ފަހަރަށް ވަޑައިގެންނެވީ ޑިސެމްބަރު މަހު އަވަށްޓެރި އިންޑިޔާއަށެވެ. އެދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންނެވުމުން ދަތުރުފުޅާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓަރ ޝާހިދު ވަނީ އެމަނިކުފާނު ޖެނުއަރީ މަހު ޔޫއޭއީއަށް ވެސް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

އެ ދަތުރުފުޅު މިރޭ ފެއްޓެވުމަށް ހަމަޖެހިފައިވާއިރު މިނިސްޓަރ ޝާހިދު ވިދާޅުވީ، މި ދަތުރުފުޅަކީވެސް އިންޑިޔާ ދަތުރުފުޅު ފަދައިން ރާއްޖެއަށް ގިނަގުނަ އެހީތަކެއް ލިބިގެންދާނެ ދަތުރުފުޅަކަށް ވާނެ ކަމަށެވެ. ރައީސް އިންޑިޔާއަށް ވަޑައިގެންނެވުމުން އެގައުމުން ވަނީ ރާއްޖެއަށް 1.4 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދީފައެވެ.

ޔޫއޭއީގެ ރައީސް ޚަލީފާ ޒައިދް ބިން އަލް ނަހްޔާންގެ ދައުވަތަކަށް ރައީސް މިރޭ އެގައުމަށް ފުރާ ވަޑައިގަންނަވާއިރު އެނާޖީ ސަމިޓުގައި ވެސް ރައީސް ސޯލިހް ބައިވެރިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްއާއެކު ވަޒީރުންގެ ޓީމެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. ރައީސް ސޯލިހްގެ ވެރިކަން ފެށުމުން ރާއްޖެއާ ޔޫއޭއީއާ ދެމެދު އޮތް ގުޅުން ވަނީ ވަރުގަދަ ވެފައެވެ. ދިވެހިންނަށް ޔޫއޭއީއަށް ވިސާއާ ނުލާ އެތެރެވުމުގެ ހުއްދަ ވެސް އެގައުމުން ވަނީ ދީފައެވެ.