Last Updated: April 25, 18:52
Thursday, April 25, 2024
ވިޔަފާރި

ސްރީލަންކަންގެ "މެގަ ސޭލް" އިން އަގުހެޔޮކޮށް އިންޑިއާ އަށް

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް

ސްރީލަންކަން އެއާލައިންސްގެ "މެގަ ސޭލް" އިން ހެޔޮ އަގެއްގައި އިންޑިއާ އަށް ދިޔުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ސޭލް ފަށާފައިވަނީ މިއަދު ކަމަށްވާއިރު ސްރީލަންކަން އިން ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން ޓިކެޓުތައް ބައްލަވައިގަތުމަށް އެދިފައެވެ. މި ސޭލްގެ ދަށުން ނަގާ ޓިކެޓުތަކުގައި ދަތުރުކުރުމުގެ ފުރުސަތު މިއަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށްވެސް ސްރީލަންކަން އިން ބުނެއެވެ.

މި ސޭލްގެ ދަށުން އިންޑިއާގެ ބެންގަލޫރު، ޓްރިވެންޑްރަމް، ކޮޗީ، މުމްބާއީގެ އިތުރުން ނިއުދިއްލީ އަށް ހެޔޮ އަގެއްގައި ދަތުރުކޮށްލެވޭނެ ކަމަށް ސްރީލަންކަން އިން ބުނެއެވެ. އެގޮތުން މި ތަންތަނަށް ދިޔުމަށް ނަގާ ރިޓާން ޓިކެޓުން 50 ޕަސެންޓާއި ހަމައަށް ޑިސްކައުންޓު އަދި ވަންވޭ ޓިކެޓުތަކަށް 60 ޕަސެންޓާއި ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް ސްރީލަންކަން އިން ބުނެއެވެ.

ސްރީލަންކަން އެއާލައިންސްގެ ޓިކެޓް ލިބިވަޑައިގަންނަވާނީ ސްރީލަންކަން އެެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓްގެ އޮފީސް ކަމަށްވާ އޭސް އޭވިއޭޝަންސް އިންނެވެ.

ސްރީލަންކަން އެއާލައިނުން މަސައްކަތް ކުރަނީ އެއާލައިނަކީ ރާއްޖެ އަށް އޮޕަރޭޓް ކުރާ އެންމެ ވަރުގަދަ އަދި އެންމެ ފުޅާ އެއާލައިން ކަމަށް ހެދުމަށް ކަމަށް އެ އެއާލައިނުން ވަނީ މީގެކުރިން ބުނެފައެވެ.