Last Updated: April 26, 15:02
Friday, April 26, 2024
ވިޔަފާރި

ތިމަރަފުށި އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފަށައިފި

ތިމަރަފުށީ އެއާޕޯޓަށް މިރޭ ޖެއްސި މޯލްޑިވިއަންގެ ފްލައިޓު - ފޮޓޯ: މޯލްޑިވިއަން

އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ތ. ތިމަރަފުށި އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފަށައިފިއެވެ.

ތިމަރަފުށީ އެއާޕޯޓަށް މިރޭ ޖެއްސި މޯލްޑިވިއަންގެ މި ފްލައިޓުން ތިމަރަފުށީ ދާއިރާ އަށް ވާދަކުރައްވާ އަބްދުﷲ ރިޔާޒު އާއި ދައުލަތުގެ ބައެއް ވަޒީރުންގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ އިސްވެރިން ވެސް ތިމަރަފުއްޓަށް ވަޑައިގެންނެވިއެވެ.

ތިމަރަފުށީގެ އެއާޕޯޓު ހުޅުވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި 2013 ވަނަ އަހަރުއެވެ. އެއާޕޯޓުގެ މަސައްކަތް ފަށާފައިވަނީ 2012 ވަނަ އަހަރުގެ މެއި މަހުއެވެ.

މި އެއަރޕޯރޓް ތަރައްޤީ ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލު ކޮށްގެންނެވެ. މި މަސައްކަތް ހަވާލުކުރީ 32 މިލިއަން ރުފިޔާއަށެވެ.