Last Updated: April 26, 18:07
Friday, April 26, 2024
ވިޔަފާރި

ޝީޝާ 100 ދުވަސް ޕްރޮމޯޝަން ނިމެން ދެމަހަށް ވަނީ

ޝީޝާގެ 100 ދުވަސް ޕްރޮމޯޝަނުގެ ތެރެއިން - ފޮޓޯ: ޝީޝާ

ރާއްޖޭގެ ހޮންޑާ ސައިކަލްތަކުގެ އޮތަރައިޒް ޑިސްޓްރިބިއުޓަރ ޝީޝާ، ހުސްވި އަހަރުގެ ޑިސެމްބަރު މަހު ފެށި ޚާއްސަ ޕްރޮމޯޝަނަށް އެއްމަސް ދުވަސް ވެއްޖެއެވެ.

ސަތޭކަ ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ސައިކަލްތަކުން ވަރަށް ބޮޑެތި ޑިސްކައުންޓުތައް ލިބޭއިރު ޕްރޮމޯޝަނުގައި ބާކީ އިނީ 68 ދުވަހެވެ.

ބޮޑެތި ޑިސްކައުންޓުތަކާ އެކު ކުރިއަށް ގެންދާ މި ޕްރޮމޯޝަން ޝީޝާގެ މާލޭ ފިހާރައިގެ އިތުރުން އަތޮޅު ތެރޭގައި ގާއިމް ވެފައިވާ އައުޓްލެޓްތަކުގައި ވެސް ކުރިއަށްދާނެއެވެ.

ޝީޝާގެ އެންމެ ފަހުގެ ހުރިހާ ސައިކަލަކުން ޑިސްކައުންޓުތައް ދޭއިރު އެއާބްލޭޑުގެ ފަހުގެ މޮޑެލްއާއި ވޭވް 125 ގެ ފަހުގެ މޮޑެލް އަދި ސްކޫޕީ އާއި ޒޫމާ ސައިކަލްތަކުން ކަސްޓަމަރުންނަށް ޑިސްކައުންޓު ލިބިގެންދެއެވެ.

ޒޫމާ ސައިކަލުތަކަށް ޚާއްސަ ޕްރޮމޯޝަނެއް ޝީޝާއިން މިހާރުވެސް ކުރިއަށް ގެންދަމުންދާއިރު އިންސްޓޯލްމަންޓް މެދުވެރިކޮށް ސައިކަލު ބައްލަވާ ފަރާތްތަކަށް އިންޓްރެސްޓުގެ ގޮތުގައި މި ޕްރޮމޯޝަނުގެ ދަށުން ނަގާނީ އެންމެ ޕަސެންޓެކެވެ. އަދި ކުރިން އިންސްޓޯލްމަންޓް އިންޓްރަސްޓް ޕަސަންޓްގެ ގޮތުގައި ޝީޝާއިން ނަގަމުން އައި 1.5 އިންސައްތަ ވަނީ ނަރުހުންނާއި ޓީޗަރުންގެ ޕެކޭޖުގައި 1.25 ޕަސެންޓަށް ވަނީ ކުޑަކޮށްފައެވެ.

މިފަދަ އެތައް ޕްރޮމޯޝަނެއް އެއް ފަހަރާ ޝީޝާއިން ކުރިއަށް ގެންދާއިރު މިއީ ސައިކަލެއް ބައްލަވައިގަތުމަށް އެންމެ މުނާސަބު ދަނޑިވަޅެވެ.