Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

އިރުތިޝާމް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފި

އިރްތިޝާމް އާދަމް

ކުރީގެ ޔޫތް މިނިސްޓަރު އިރްތިޝާމް އާދަމް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފިއެވެ.

އިރުތިޝާމް ޖޭޕީ އަށް ސޮއިކުރެއްވީ މިރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އިރުތިޝާމް ޖޭޕީ އަށް ސޮއި ކުރެއްވި ފޯމާ ހަވާލުވެ ވަޑައިގެންނެވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިރުތިޝާމް އެންމެ ފުރަތަމަ ހުންނެވީ ހެލްތް މިނިސްޓަރުގެ މަގާމުގައެވެ. އޭނާ ޔޫތް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.

މީގެއިތުރުން އިރުތިޝާމް ވަނީ މީގެކުރިން ޖެނީވާގައި ހުންނަވާ ސަފީރުކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ.