Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ސްކޮލާޝިޕްތަކާއި އެކު އިންޓަނޭޝަނަލް އެޑިއުކޭޝަން އެކްސްޕޯ މިއަދު ހަވީރު ނޫރާނީ ސްކޫލްގައި!

އިންޓަނޭޝަނަލް އެޑިއުކޭޝަން އެކްސްޕޯ ގެ ތިނަދޫ ސެޝަންގެ ތެރެއިން، ފޮޓޯ އިބްރާހިމް އަހުމަދު

ސްކޮލާޝިޕް ފުރުސަތު ތަކާއި އެކު އިންޓަނޭޝަނަލް އެޑިއުކޭޝަން އެކްސްޕޯ މިއަދު ހަވީރު 5 އިން ރޭގަނޑު 9 އަށް ހިތަދޫ ނޫރާނީ ސްކޫލްގައި ބައްވަން ނިންމައިފިއެވެ.

އެކްސްޕޯ އިންތިޒާމު ކުރާ ކިއު ސްޓަޑީއިން ބުނީ 200 އެއްހާ ކޯހާއި އެކު މެލޭޝިއާގެ އެންމެ މަޝްހޫރު 7 ޔުނިވާސިޓީއިން މި އެކްސްޕޯގައި ބައިވެރިވާނެކަމަށެވެ. އެކްސްޕޯގައި ފައުންޑޭޝަންްއިން ފެށިގެން މާސްޓާސް ޑިގްރީ އާއި ހަމައަށް ކޯސްތައް ހުރި އިރު މި އެކްސްޕޯ ތެރެއިން އެޑްމިޝަން ނަގާ ފަރާތްތަކަށް ބޮޑެތި ޑިސްކައުންޓްތައް ޔުނިވާސިޓީ ތަކުން ވަނީ ހުށަހަޅާފައެވެ.

ބިޒްނަސް، އައިޓީ އަދި އިންޖިނިއަރިންގެ އިތުރުން މެޑިސިން ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މި އެކްސްޕޯ ވެގެންދާނީ ރަނުގެ ފުރުސަތަކަށްކަމަށް ކިއު ސްޓަޑީއިން ބުނެއެވެ.

މިއެކްސްޕޯއަށް ޒިޔާރަތް ކުރައްވައި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އައިޕޯން އަދި އައިޕެޑްގެ އިތުރުން ޔޫރަޕް، ހޮންކޮންގް އަދި ޕުކެޓަށް ދަތުރެއް އަދި 1000 މެލޭޝިއާ ރިންގިޓްގެ އިނާމުތައް ވަނީ ހުށަހަޅާފައެވެ.

އެކްސްޕޯ އާއި ގުޅޭ މައުލޫމާތު 9902788 ނަންބަރު ފޯނުން ސާފު ކުރެވޭނެއެވެ.