Last Updated: April 25, 06:02
Thursday, April 25, 2024
ރިޕޯޓް

ދުނިޔޭގެ އެންމެ ކުރު ފިރިހެންމީހާ: ޗަންދްރަ

މިހާރު ދުނިޔޭގައި ހުރި އެންމެ ކުރު ފިރިހެނަކީ ނޭޕާލްގެ އުމުރުން 72 އަހަރުގެ ޗަންދްރަ ބަހާދުރް ދާންގީއެވެ.

ގިނިސް ވޯލްޑް ރެކޯޑްއިން ވަނީ އޭނާގެ އިސްކޮޅުގައި ހުރީ 21 އިންޗި ކަމަށް ބުނެފައެވެ. އެގޮތުން ގިނިސް ވޯލްޑް ރެކޯޑް ފޮތުން އޭނާއަށް ވަނީ ދުނިޔޭގައި މިހާރު ދިރިހުރި އެންމެ ކުރު ފިރިހެންމީހާގެ ލަގަބުދީފައެވެ.

ޗަންދްރަ ދިރިއުޅެނީ ނޭޕާލްގެ ކަތުމަންޑޫއާއި 250 މޭލު ބޭރުން އޮންނަ ރީމްކޯލީ ކިޔާ ފަރުބަދަމަތީ އަވަށެއްގައެެވެ. މީހުންގެ ކުރިމައްޗަށް އޭނާ އައުމާއި ހަމަޔަށް ދުވަހަކު ވެސް ޗަންދުރަ ޑޮކްޓަރަކަށް ދައްކާ ޗެކްއަޕް ހައްދާފައެއް ނުވެއެވެ. އޭނާ މީހުންނަށް އެނގުނީ ވަލުތެރެއަށް ލަކުޑި ކެނޑުމުގެ ކޮންޓްރެކްޓެއްގައި އުޅުނު މީހަކާއި އޭނާ ދިމާވެގެން މީޑިއާއަށް އެ ޚަބަރު ދިނުމުންނެވެ.

" އަހަރެން ވަރަށް އުފާވޭ އަހަންނަށް ދުނިޔޭގެ އެންމެ ކުރު މީހާގެ ލަގަބު ގިނިސް ވޯލްޑް ރެކޯޑް ފޮތުން ލިބުނީމަ އަދި އަހަރެންގެ ނަން އެފޮތުގައި ލިޔުނީމަ." ޗަންދްރަ ބުންޏެވެ.

ޗަންދްރަ އުފަންވެފައިވަނީ 30 ނޮވެމްބަރު 1939 ގައެވެ. 2012 ވަނަ އަހަރު ރެކޯޑް ފޮތުން ޖާގަ ލިބުމުގެ ކުރިން އޭނާގެ ވިލެޖުން ބޭރަށް ދުވަހަކުވެސް ޗަންދްރަ ގޮސްފައެއް ނުވެއެވެ.

ޗަންދްރަ މަރުވެފައިވަނީ އޭނާގެ އުމުރުން 75 އަހަރުގައެވެ. އޭނާ މަރުވެފައިވަނީ ނިއުމޯނިއާ ޖެހިގެންކަމަށް ޚަބަރުތައް ބުނެއެވެ.