Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

ދިރާގުގެ ހިދްމަތުގެ އަޕްގްރޭޑު: ކަސްޓަމަރުންނަށް ބޮޑު ބޮލު ރިހުމަކަށް!

ދިރާގު ހެޑް އޮފީސް - ފޮޓޯ: ހުސެއިން އިބްރާހިމް (ވީނިއުސް)

ދިރާގުން ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބައެއް ޚިދުމަތްތައް މެދުކަނޑާލުމަށް ފަހު އަލުން ހިދްމަތް ދޭން ފަށާފައިވާ އިރު ގިނަ ހިދްމަތްތައް ލިބުމުގައި ދަތިތައް ދިމާވަމުންދާތީ ކަސްޓަމަރުންގެ ޝަކުވާ ބޮޑުވެއްޖެއެވެ.

ދިރާގުން ހިދްމަތް އަޕްގްރޭޑު ކުރުމަށް ނެރުނު ބަޔާނުގައި ބުނެފައިވަނީ ބިލްތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތް ފިޔަވައި އެހެން ހިދްމަތަކަށް ބުރޫ ނާރާނެކަމަށެވެ. ނަމަވެސް ޕްރީޕެއިޑް ކަސްޓަމަރުންނާއި ޕޯސްޓުޕެއިޑް ކަސްޓަމަރުން ދަނީ އިންޓަނެޓު ބޭނުން ކުރުމާއި ފޯނު ކުރުމަށް ދަތިތަކާއި ކުރިމަތިވަމުންނެވެ.

އެގޮތުން ބައެއް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިއްޔެ ހަވީރު ފޯނު ކުރުމަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ. އަދި ރެއިން ފެށިގެން ރީލޯޑު ކުރުމާއި ޑޭޓާ ނުލިބުމުގެ މައްސަލަ ދަނީ ކުރިމަތިވަމުންނެވެ. އަދި ރީލޯޑު ކުރުމުން ފައިސާ ބަރާބަރަށް ނުލިބޭކަމުގެ ޝަކުވާވެސް ކަސްޓަމަރުން ދަނީ ކުރަމުންނެވެ.

ދިރާގު ހިދްމަތްތަކަށް ލިބުމުގައި ބައެއް ކަސްޓަމަރުންނަށް ދަތިތަކާއި ކުރިމަތިވެފައިވާ އިރު މައްސަލަ ހައްލުކުރެވިއްޖެކަމަށް ބުނެ ދިރާގުން ވަނީ ޓްވީޓުކޮށްފައެވެ. ނަމަވެސް އަދިވެސް މައްސަލަ އުޅޭކަމަށް ބުނެ ކަސްޓަމަރުން ދަނީ ޝަކުވާ ކުރަމުންނެވެ.

އެގޮތުން ޝަކުވާ ކުރި ބައެއް ކަސްޓަމަރުން ބުނެފައިވަނީ ދިރާގަކީ އިތުބާރު ގެއްލިފައިވާ ކުންފުންޏެއް ކަމަށާއި ހިދްމަތް އަޕްގްރޭޑު ކުރެވިއްޖެކަމަށް ބުނެ ދޮގު ހަދާފައިވާ ކަމަށެވެ.

"4ޖީ ނުލިބޭ، 3ޖީ ނުލިބޭ، އެވަރުން ނުވެގެން އިރުއިރުކޮޅާ އިންޓަނެޓު އެބަކެނޑޭ، މިއީތޯ ތިބޭފުޅުންގެ ހިދްމަތަކީ؟، ދިރާގު ކަސްޓަމަރެކޭ ބުނަން ލަދު ގަންނަ ހިސާބަށް ގޮސްފި"

ދިރާގުން 4ޖީ ހިދްމަތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ލިބުމުގައި ދޭތެރެ މެދުކެނޑޭއިރު ކަސްޓަމަރުންގެ ޝަކުވާ އިންތިހާއަށް ބޮޑުވެއެވެ.