Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ސްކޫލް ކުދިން ދިޔަ ސައިކަލެއް ބްރިޖަކުން ވެއްޓި އެކަކު މަރުވެއްޖެ

އިންޑިއާގެ ވެންގާއޯން ވިލެޖްގެ ސްކޫލް 3 ކުއްޖަކު ހެލްމެޓް ނާޅާ ދުއްވާފައިދިޔަ ސައިކަލެއް ބްރިޖެއް މަތިން ވެއްޓި އެއް ކުއްޖަކު މަރުވެއްޖެއެވެ.

މި ހާދިސާގައި 17 އަހަރުގެ އުޕްދޭޝް މަދަން ކިޔާ ކުއްޖާ މަރުވެފައިވަނީ އެކްސިޑެންޓް ހިނގިތަނުގައެވެ. އަދި އަނެއް ދެ ކުދިން ކަމަށްވާ އުމުރުން 16 އަހަރުގެ އަޖިތު ކަޝިނާތު މޯރޭ އަދި 16 އަހަރުގެ ދުރްގޭޝް މާޗީގެ ހާލު ވަރަށް ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ އަވަށު ޕޮލިހުން މައުލޫމާތު ދޭ ގޮތުގައި އެ ތިން ކުދިންނަކީ އެ އަވަށުގެ ސްކޫލެއް ކަމަށްވާ ޖޭއެމްޓީ ހައި ސްކޫލްގެ ކުދިންނެވެ. އެ ތިން ކުދިން ދަތުރު ކޮށްފައި ދިޔައީ ސްކޫލްގައި އެސްއެސްސީ ނިންމި ކުދިންނަށް ބޭއްވުނު ޕާޓީއެއް ނިންމުމަށްފަހު ދަހަނު ބީޗްއަށް ދިޔުމަށެވެ.

ސައިކަލް ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުވެ ބްރިޖްމަތިން އަރިއަޅާލައިގެން ސައިކަލް ވެއްޓުނީ ކަމަށް މައުލޫމާތު ލިބެއެވެ.