ސްޓޭޓު ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓިއޯ)ގެ ބޯޑަށް ބަދަލު ގެނެސްފިއެވެ.
އެސްޓިއޯއިން މިއަދު އާއްމުކުރި އިއްލާނެއްގައި ބުނެފައިވަނީ އެކުންފުނީގެ ބޯޑަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ބޮޑު ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މ.ވޭވިން ލައިޓު، އައިޝަތު ރަފިއްޔާ ވަކިކޮށް އެމަގާމަށް މ. ހުއިވަނި، އިސްމާއިލް ޔާސިރު ހަމަޖައްސަވާފައިވާ ކަމަށެވެ.
އެސްޓިއޯގެ ބޯޑަށް ބަދަލުގެންފައިވާ އިރު އެކުންފުނީގެ ޗެއާމަން ހުސެއިން ސާލިމް މުހައްމަދު ވަނީ މިދިޔަ ޖެނުއަރި 21 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.