Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އިނާޒު އެމްސީއައިއެފްއެލްގެ ބޯޑަށް

އިނާޒު މުހައްމަދު ދީދީ

މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމްސީއައިއެފްއެލް)ގެ ބޯޑަށް ސ. ހިތަދޫ ފާޒު، އިނާޒު މުހައްމަދު ދީދީ ހަމަޖައްސަވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ އިނާޒުގެ އިތުރުން އިބްރާހިމް މުއްޠައްލިބު، ހ. ފަންފިނި އެކުންފުނީގެ ބޯޑަށް ހަމަޖައްސަވާފައެވެ. މި ދެބޭފުޅުންނަކީވެސް އަދާލަތު ޕާޓީގެ ދެ ބޭފުޅުންނެވެ.

އެމްސީއައިއެފްއެލް އަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާ ރާއްޖޭގައި ތަރައްޤީ ކުރުމަށް ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ކުންފުންޏެކެވެ.