Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

ޑީސަލް ލީޓަރަކުން 90 ލާރި ބޮޑުކޮށްފި

އެފްއެސްއެމް ގައި ސައިކަލަކަށް ތެޔޮ އަޅަނީ - ފޮޓޯ: މިހާރު

އެސްޓިއޯއިން ވިއްކާ ޑީސަލްގެ އަގުން 90 ލާރި ބޮޑުކޮށްފިއެވެ.

އެސްޓިއޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ޑީސަލް ވިއްކާ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 90 ލާރި ބޮޑުވާނެކަަމަށާއި. މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 10.89ރ އަށްކަަމަށް އެސްޓިއޯއިން ބުނެއެވެ.

ޑީސަލްގެ އަގު ބޮޑުކުރި ނަމަވެސް ޕެޓްރޯލްގެ އަގަށް ބަދަލެއް ގެނެސްފައި ނުވެއެވެ. ޕެޓްރޯލް މިހާރުވެސް ވިއްކާނީ ލީޓަރެއް 10.19 ރުފިޔާއަށެވެ.

އެސްޓިއޯއިން އެންމެ ފަހަށް ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މިއަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހުއެވެ.