Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އެޖެންޓުން މެދުވެރިކޮށް އެއް އަގެއްގައި އެސްޓިއޯއިން ކާޑު ވިއްކަނީ

އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

އަންނަ އެޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑުގެ ބާވަތް ވިއްކުމަށް އެޖެންޓުން ކަނޑައަޅައި ބޯޓު ނާލު ދިނުމަށް އެސްޓިއޯއިން ނިންމައިފިއެވެ.

އެސްޓިއޯއިން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް އަގެއްގައި ކާޑު ވިއްކަން ހަމަޖެއްސީ ކުންފުނީގެ ހިންގުމުގެ އުސޫލަށް ގެނައި ބަދަލަކުން ކަމަށާއި، މިކަމުގެ ސަބަބުން ދައުލަތާއި އެސްޓޮއޯގެ ބަޖެޓަށް އެއްވެސް ބުރަ ކަމެއް ނާންނާނެކަމަށެވެ.

އަމްރު ވިދާޅުވީ ރަށްތަކުގައި ކާޑުގެ ބާވަތްތައް ވިއްކާނީ އެސްޓިއޯއިން ކަނޑައަޅާ އެޖެންޓުން ކަމަށެވެ. އަދި އެޖެންޓުން ހޯދުމަށް މާދަމާ ފުރުސަތު ހުޅުވާލާނެކަމަށެވެ.

އެސްޓިއޯއިން މިހާރު ނިންމާފައިވަނީ އެކުންފުނީގެ އޮފީސް ތަކާއި ފާމަސީތައް ގާއިމް ކުރެވިފައިވާ ރަށް ރަށުން މާދަމާ މެންދުރު 2 އިން ފެށިގެން އެޖެންޓު ފޯމު ދޫކުރުމަށެވެ.

ކާޑުގެ ބާވަތްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް އަގެއްގައި ފޯރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.