Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް ވާދަކުރެވޭ ގޮތް ހަދަން ސްޕްރީމް ކޯޓަށް ހުށަހަޅައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު - ފޮޓޯ: ގޫގުލް

ސިޔާސީ ޕާޓީ ތަކުގެ ޕްރަމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަކުރުމުގެ ހައްގު ހޯދުމަށް ދުސްތޫރީ މައްސަލައެއް ސްޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ޕާޓީ ޕްރައިމަރީގައި ނާކާމިޔާބު ވުމުން އިންތިހާބުގައި ވާދަ ނުކުރެވޭނެ ގޮތަށް އޮންނަ ގާނޫނީ މާއްދާ ބާތިލު ކުރުމަށް ހުށަހަޅާފައިވަނީ ކުރީގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕްޝަލް އެންވޯއި އަބްދުﷲ ޖާބިރުއެވެ. ޖާބިރު ވަނީ ނިމިގެން ދިޔަ އެމްޑީޕީ މަޖްލިސް ޕްރައިމަރީގައި ކާށިދޫ ދާއިރާއަށް ވާދަކޮށް ނާކާމިޔާބުވެވަޑައިގެންފައެވެ.

ޖާބިރު ވަނީ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ހޯދުމަށް ކޯޓަށް ވަޑައިގަންނަވާނެކަމަށް ކުރިންވެސް ވިދާޅުވެފައެވެ. އަދި ޕްރައިމަރީގައި ގޯސް ކަންކަން ހުރި ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ.

ތަފްސީލް އަންނަނީ…