ޚަބަރު

މާލެ ސަރަހައްދުގައި އިތުރު 10 ސްކޫލް އަޅަނީ

އެއް ދަންފަޅިއަށް ކިޔެވުން ބަދަލު ކުރުމަށް މާލެ ސަރަހައްދުގައި އިތުރު 10 ސްކޫލް އެޅުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް 10 ސްކޫލް ގާއިމް ކުރުމަށް ނިންމާފައިވަނީ ސްކޫލްތަކުގެ ކިޔެވުން އެއް ދަންފަޅިއަކަށް ބަދަލު ކުރުމަށް ހެދި އޮޑިޓަކަށްފަހު ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށްކަަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

އެއް ދަންފަޅިއަށް ސުކޫލްތައް ބަދަލުކުރުމަށް 288 ކްލާސްރޫމް ބޭނުން ވެއެވެ. އަދި 10 ސްކޫލާއި 47 ސައިންސް ލެބާއި 28 ލައިބްރަރީ އާއި 42 އޯޑިއޯ ވިޝުއަލް ރޫމާއި 22 ސްޓާފް ރޫމްގެ އިތުރުން 57 ބަދިގެ ބޭނުންވެއެވެ.

އައިޝަތު އަލީ ވިދާޅުވީ މިފަހަރު ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލު ނުކުރެވުނީ މާލެ ސަރަހައްދުގައި އެފަދަ ވަސީލަތްތައް ނެތުމުން ކަމަށެވެ. އަދި އަލަށް ހަދާ ކުލާސް ރޫމްތައް ފަރުމާ ކުރެވިގެންދާނީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ހުންނަ ފަދަ ވަސީލަތަކާއި އެކު ކަމަށް އައިޝާ ވިދާޅުވިއެވެ.