Last Updated: April 24, 08:54
Wednesday, April 24, 2024
ޚަބަރު

އިންޑިއާ ސަފީރު، ފޮރިން މިނިސްޓަރގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

މިބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮންނަ ޒަމާންވީ ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އިންޑިއާގެ ސަފީރު ކޮށްދެއްވާފައިވާ ކަންކަން ފާހަގަކުރައްވައި، މިނިސްޓަރ ޝާހިދު ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އެގޮތުން ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ، އަދި ދިފާޢީ ދާއިރާއިން އިންޑިއާ އާއެކު އޮތް ގުޅުންތައް ފާހަގަކުރައްވައި، ސަފީރަށް ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިންޑިއާ ޑިވިޜަންގެ ޑިރެކްޓަރ މަރިޔަމް މިދުފާ ނަޢީމް ބައިވެރިވެވަޑައިގެންނެވިއެވެ.