Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

އދ ގެ ރެޒިޑެންޓް ކޯޑިނޭޓަރު އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރައްވައިފި

އދ ގެ ރެޒިޑެންޓް ކޯޑިނޭޓަރު އަދި ޔޫއެންޑީޕީ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މިސް ޝޮކޮ ނޯޑާ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުން ބުނީ ޝޮކޮ ނޯޑާގެ މި ޒިޔާރަތުގައި ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމްއާ ގުޅޭގޮތުން މަޝްވަރާކުރެވުނެ ކަމަށެވެ.

މިއަދު ހެނދުނު 10:30 ހާއިރު ސުޕްރީމް ކޯޓުގައި ބޭއްވުނު ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އިތުރުން، ޝޮކޮ ނޯޑާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލް ޑރ. ޙުސައިން ފާއިޒުއާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަލްއުސްތާޛު އަޙްމަދު މާޖިދު ބައިވެރިވެވަޑައިގެންނެވިއެވެ.