Last Updated: April 24, 09:02
Wednesday, April 24, 2024
ޚަބަރު

އިންޖީނަކަށް މައްސަލަ ޖެހި ހުޅުމީދޫ ކަނު އަނދިރީގައި!

ހުޅުމީދޫ އިންޖީނުގޭގެ އިންޖީނަކަށް މައްސަލަ ދިމާވެ އެ ދެރަށުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެއެވެ.

ހުޅުމީދޫ ފެނަކަ އޮފީސް ހިންގުމާއި ހަވާލުވެ ހުންނެވި ޝާފީ އަލީ ވިދާޅުވީ ރޭ ދަންވަރު އިންޖީނުގޭގެ އިންޖީނަކަށް މައްސަލަ ދިމާވެ، އެދެރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުން އަންނަ ކަމަށެވެ.

ޝާފީ ވިދާޅުވީ އިންޖީނު މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއާޕާޓްސް މިރޭ 9:30 ހާއިރު މާލެއިން ލިބޭނެކަމަށެވެ. އަދި ސްޕެއާ ލިބުމާއި އެކު ގަޑިއެއްހާއިރު ތެރޭ މައްސަލަ ހައްލު ކުރެވޭނެކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ޖެހިފައިވަނީ އިންޖީނުގޭގައި ބަހައްޓާފައިވާ 500 ކިލޯ ވޮޓްގެ ޖަނަރޭޓަރަކަށެވެ.