Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

ކާރަކުން ޖެހި އެކްސިޑެންޓުވި އަންހެނަކު ސީރިއަސް ހާލަތުގައި

ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއް، ފޮޓޯ: ރާއްޖެއެމްވީ

ސެނެހިޔާ ކައިރިން ކަފިހި ހުރަހުން ހުރަސް ކުރި އަންހެނެއްގެ ގައިގައި ކާރަކުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައި ވަނީ ކަފިހި ހުރަސް މަތިން އަންހެން މީހާ ހުރަސް ކުރި ވަގުތު ކާރަކުން ޖެހުމުންނެވެ. ކާރުން ޖެހި އޭނާ ވެއްޓި ބޮލަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައިވަނީ މިރޭ 6:28 ހާއިރު ކަމަށެވެ. މިހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާއަށް މިހާރު ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ދެ އަންހެނަކަށް އަނިޔާލިބިފައިވާ ކަމަށެވެ.