Last Updated: April 26, 06:14
Friday, April 26, 2024
ޚަބަރު

ހިތަދޫ ދެކުނު ދާއިރާއަށް އަދީލް ވާދަކުރައްވަނީ

އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރުކަމަށް ޝަރަފުއްދީންގެ ޕްރިންސިޕަލްގެ މަޤާމުގައި ހުންނެވި ޑރ.އަހްމަދު އަދީލް ނަސީރު ވާދަކުރައްވަން ނިންމަވައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަރަށް އަވަހަށް އިންތިޚާބުގައި ވާދަކުރެއްވުމަށް އިލްކްޝަންސް އަށް ފޯމު ހުށަހަޅުއްވާނެ އެވެ. އަދީލް އިންތިޚާބުގައި ވާދަކުރައްވާނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ހިތަދޫ ދެކުނު ދާއިރާގެ މަޖިިލސް މެންބަރު ކަމަށް ވާދަކުރެއްވުމަށް މިހާތަނަށް ފޯމު ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނާޒިލް އެކަންޏެވެ.

2014 ވަަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އަދީލް ވާދަކުރައްވަން އުޅުއްވިއެވެ. އެހެން ނަމަވެސް އެފަހަރު އަދީލަށް ޕީޕީއެމްގެ ޓިކެޓް ނުލިބުނީއެވެ.

އަދީލަކީ ސިޔާސީ ކަންކަމުގައި އެހާ ހަރަކާތްތެރި ބޭފުޅެއް ނޫނެވެ. އެހެން ނަމަވެސް ވައްކަމާއި ކޮރަޕްޝަނުގެ ތުހުމަތުތައް ކުރެވިފައިވާ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބޭއްވި ޕީޕީއެމްގެ ހަފްލާތަކުން ކޮންމެވެސް ވަރަކަށް އަދީލް ފެނިފައިވެއެވެ.

އަދި ފަހަކަށް އައިސް ސޯޝަލްމީޑިޔާގައި ސިޔާސީ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވައެވެ. އެގޮތުން އިންޑިއާ އަކީ ދިވެހިރާއްޖޭގެ ތަރައްޤީ އަށް ހުރަސްއަޅާ ޤައުމެއް ކަމަށް ވިދާޅުވެ އަދީލް ވަނީ ވާހަކަ ދައްކަވާފައެވެ.