Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ޕީއެންސީ ޓިކެޓުގައި އުތުރު ދާއިރާއަށް ޖިނާން

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ކަމަށް ވާދަކުރެއްވުމަށް ސ.ހިތަދޫ އެންދެރިމާގެ މުޙައްމަދު ޖިނާން ޖަލީލް ފޯމު ހުށަހަޅުއްވައިފިއެވެ. ޖިނާ ފޯމު ހުށަހަޅުއްވާފައި ވަނީ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ޓިކެޓުގައި ވާދަކުރެއްވުމަށެވެ.

ޖިނާން އަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި އެއް މިލިއަން ޑޮލަރު ލޯންޑަކުރި މައްސަލައިގައި މަނީ ލޯންޑަރިންގެ ދައުވާ އުފުލައި ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް ޔާމީންއަށް ތާއީދު ކުރައްވައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ފަރާތެކެވެ.

އޭގެ ފަހުން ރައީސް ޔާމީންގެ ތާއީދާއި އެކު އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުން ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް ކުރި މަސައްކަތުގައި ވެސް ޖިނާން ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

ޖިނާންގެ އިތުރުން ހިތަަދޫ އުތުރު ދާއިރާގެ މެންބަރު ކަމަށް ވާދަކުރައްވަނީ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު އަސްލަމް، އެމްއާރްއެމްގެ ތާއީދާއި އެކު އަލީ އިބްރާހިމް އަދި އަމިއްލަ ގޮތުން ވާދަކުރައްވާ އަހްމަދު ސައީދެވެ.