Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު

އެއިމްސްގެ އެތެރެހަށީގެ ޑޮކްޓަރަށް ދެއްކުން ހިލޭ!

އައްޑޫގެ ގިނަ ބައެއްގެ މެދުގައި މަގްބޫލް އެއިމްސް ކްލިނިކުގެ އެތެރެހަށީގެ ޑޮކްޓަރަށް ހިލޭ ދެއްކޭނެ އިންތިޒާމް އެކުލިނިކުން ހަމަޖައްސައިފިއެވެ.

އެއިމްސްއިން ބުނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެކްލިނިކްގެ އެތެރެހަށީގެ ޑޮކްޓަރަށް ހިލޭ ދެއްކޭ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އެކްލިނިކްގައި އެތެރެހަށީގެ ބަލިތަކަށް މިވަގުތު ފަރުވާ ދެއްވާނީ އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕްގައި މަސައްކަތް ކުރެއްވި އެތެރެ ހަށީގެ ޚާއްޞަ ޑޮކްޓަރ ޑރ އަބްނާ ރިވާސް އަބޭހޯއެވެ.

"އަބޭހޯ ވަނީ އޭޑީކޭގައި 6 އަހަރު މަސައްކަތް ކުރައްވާފައި، ޑޮކްޓަރ ވަނީ ވަރަށް ގިނަ ދިވެހިންނަށް ފަރުވާ ދެއްވާފައި، އޭގެ ތެރޭގައި ކިޑްނީގެ ބަލިތަކާއި އެހެނިހެން އެތެރެހަށީގެ ބަލިތައް ހިމެނޭ، މި ޑޮކްޓަރަކީ ވަރަށް ގިނަ ދިވެހިން ދަންނަ މަޝްހޫރު ޑޮކްޓަރެއް" އެއިމްސްގެ އޮފިޝަލް ވިދާޅުވިއެވެ.

އެއިމްސްއިން ބުނީ އެކްނިކުން މިހާރުވެސް ކުޑަކުދިންގެ ޑޮކްޓަރާއި، އަންހެނުންގެ ޑޮކްޓަރ އަދި އާއްމު ބަލީގެ ޑޮކްޓަރަށް ހިލޭ ދެއްކޭކަމަށެވެ. އަދި ކްލިނިކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ވީހާވެސް ރަނގަޅު ހިދްމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްކަމަށެވެ.

ލެބޯޓަރީ އާއި ސްކޭން ހިދްމަތުގެ އިތުރުން އެކްރޭ އަދި ދަތުގެ ފަރުވާ ދެމުން އަންނަ އެއިމްސް ކްލިނިކަކީ އައްޑޫގައި މަލްޓި ސްޕެޝަލިސްޓުންގެ ފަރުވާ ދެމުން އަންނަ ކްލިނިކެކެވެ.