Last Updated: April 24, 12:21
Wednesday, April 24, 2024
ޚަބަރު

ސިމާދު މަރުވީ ކަރަންޓު ދަންތުރައިގައި ޖެހިގެން ކަމަށް ބެލެވޭ: ހަމީދު

މަރާލާފައި އޮތްވާ ފެނުނު ހުސެއިން ސިމާދު

ސ. ހިތަދު ހިޔާލީގެ ހުސެއިން ސިމާދު މަރުވީ ކަރަންޓު ދަންތުރައިގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ގއ.ވިލިނގިލީގައި ދިރިއުޅެމުން އަންނަ ސިމާދު މަރުވެފައިވަނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުއެވެ.

އެ މަރުގެ މައްސަލައާ ގުޅޭގޮތުން އެކްޓިން ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ހޯދި ހޯދުންތަކުން ސިމާދު މަރުވީ ކަރަންޓު ދަތުރައިގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި ދުރާރާ އެންގުމެއް ނެތި މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ސަލާމަތީ ފިޔަވަޅުތައް ނޭޅުއްވުމަށް ވެސް ހަމީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ސިމާދުގެ މަރުގެ މަައްސަލަ ތަހްގީގުކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް ވިލިނގިއްޔަށް ގޮސްފައިވާއިރު މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ސިމާދުގެ ހަށިގަނޑު އެންމެ ފުރަތަމަ ފެނިފައިވަނީ ސަފާރީ ބަނުމަށް ހަދާފައި ހުރި ހަރުގެ ބަލަހައްޓާ މީހާއަށް ކަމަށްވާއިރު އެމަރުގެ ރިޕޯޓު އެރަށު ފުލުހުންގެ މަރުކަޒަށް ކުރީވެސް އެމީހާއެވެ. ފުލުހުން މިހާރު ވަނީ އޭނާގެ ބަޔާނެއް ނަގާފައެވެ.