Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

ބޯޓު ވައްޓާލީ ޕާކިސްތާނުން ނޫން، ފޭކިސްތާނުން: އިންޑިއާ

ޕާކިސްތާނުގެ ވައިގެ ސަރަހައްދުން އިންޑިއާގެ ދެ އަސްކަރީ ބޯޓު ވައްޓާލި ވާހަކަ އިންޑިއާގެ މީޑިއާތަކުން ދޮގުކޮށްފިއެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ ބޯޓު ވައްޓާލީ "ފޭކިސްތާނުން" ކަމަށެވެ.

ޕާކިސްތާނު އަސްކަރިއްޔާ އާއި ހަވާލާދީ ރޮއިޓާސްއިން ބުނެފައިވަނީ ޕާކިސްތާނުގެ ވައިގެ ސަރަހައްދުން އިންޑިއާގެ ދެ ބޯޓު ވައްޓާލައި ޕައިލެޓަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިންޑިއާގެ ދެ ބޯޓު ވެއްޓިފައިވާކަން އެގައުމުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ޔަގީންކޮށްދެއެވެ. މި ހާދިސާ އާއި ގުޅިގެން ކަޝްމީރު ސަރަހައްދުގެ 5 އެއާޕޯޓެއް ވަނީ ބަންދުކޮށްފައެވެ.

އިންޑިއާއިން ބުނީ ޕާކިސްތާނުން ފަތުރަނީ ދޮގު ހަބަރެއް ކަމަށެވެ.

އިންޑިއާއިން އަސްކަރިއްޔާއިން ދާދި ދެންމެއަކު ބުނެފައިވަނީ ބޯޓު ވެއްޓުނީ ޓެކްނިކަލް މައްސަލަ އަކާއި ގުޅިގެން ކަމަށާއި އެއީ ޕާކިސްތާނުގެ މޮޅުކަމުން ހިނގި ކަމެއް ނޫންކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވެފައިވާއިރު ދެ ގައުމުންވެސް ވަނީ ހަމަލާ ދިނުމަށް ތައްޔާރުވެފައެވެ. އެގޮތުން އަންގާރަ ދުވަހު އިންޑިއާއިން ވަނީ ޕާކިސްތާނަށް ވައިގެ ހަމަލާތަކެއް ދީފައެވެެ. މި ހަމަލާގައި އެތައް ބަޔަކު މަރާލާފައިވާ ކަމަށް އިންޑިއާއިން ބުނެއެވެ. ޕާކިސްތާނުން މި ވާހަކަ ދޮގުކޮށް ބުނެފައިވަނީ "ހައިރާން ކުރުވަނިވި" ހަމަލާއެއް އިންޑިއާއަށް ދޭނެކަމަށެވެ.