Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

މިއަހަރު އެކަނިވެސް އައްޑޫއަށް 470 މިލިއަން ހަރަދު ކުރާނެ: ރައީސް

އައްޑޫގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް 5.3 ބިލިއަން ރުފިޔާ ހަރަދު ކުރައްވާއިރު މިއަހަރު އެކަނިވެސް އައްޑޫގެ ތަރައްޤީއަށް 470 މިލިއަން ރުފިޔާ ހަރަދު ކުރައްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ރޭ އައްޑޫ ސިޓީ މަރަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އައްޑޫ ތަރައްޤީ ކުރުމުގެ ތަސައްވަރަކީ އައްޑޫން އުފަންވި ތަސައްވުރެ ކަމަށާއި އެ ތަސައްވަރުގައި ހިމެނޭ މަޝްރުއުތަކަށް ފައިސާ ހޯދުމަކީ އެމަނިކުފާންގެ ޒިއްމާއެއް ކަމަށެވެ. އެގޮތުން މަޝްރޫއުގައި ހިމެނޭ ކަންކަން ފުރިހަމަ ކުރުމަށް 5.3 ބިލިއަން ރުފިޔާ ފަސް އަހަރު ތެރޭ އައްޑޫއަށް ހަރަދު ކުރެވިގެންދާނެކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި އައްޑޫ މަގު ހެދުމާއި ނަރުދަމާގެ މަސައްކަތާއި ތަރައްޤީގެ ކަންކަން ފުރިހަމަ ކުރުމަށް 470 މިލިއަން ހިމެނިފައިވާނެކަމަށެވެ. މީގެ ތެރޭގައި މިއަހަރު ހަދަން ފަށާ އައްޑޫގެ މަގުގެ މަޝްރޫއު ހިމެނެއެވެ.

މިއަހަރު އައްޑޫގެ 70 ކިލޯ މީޓަރު މަގު ހެދުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އައްޑޫގެ ބިން ހިއްކައި އިތުރު 17 ކިލޯ މީޓަރު މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ.