Last Updated: April 19, 22:45
Friday, April 19, 2024
މުނިފޫހިފިލުވުން

"ކަލަންކް"ގެ ރިލީޒް އަވަސްކޮށްފި

"ކަލަންކް"ގައި އާލިއާ އަދާކުރާނީ ރޫޕްގެ ރޯލް - ފޮޓޯ: ސޯޝަލް މީޑިއާ

ކަރަން ޖޯހަރްގެ ތާރީޚީ ޑްރާމާ ފިލްމް ކަމުގައިވާ "ކަލަންކް" ރިލީޒްކުރާ ތާރީކް އަވަސްކޮށްފި އެވެ.

ކުރިން އަންނަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރުމަށް ޝެޑިއުލްކޮށްފައި އޮތް މި ފިލްމް މިހާރު ރިލީޒްކުރާނީ އޭޕްރީލް 17 ގައެވެ.

ފިލްމް ޓްރޭޑް އެނެލިސްޓް ތަރަން އާދަރްޝް ވަނީ ޓްވިޓާ މެދުވެރިކޮށް މި ޚަބަރު ކަށަވަރުކޮށްދީފައެވެ.

އެ ޓްވީޓްގައި ތަރަން ބުނެފައި ވަނީ ފިލްމް ރިލީޒްކުރާ ތާރީޚް 17 އޭޕްރީލް އަށް އަވަސްކޮށްފައިވާ ކަމަށާއި، ފިލްމްގެ ޓީޒާ މި މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރާނެ ކަމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ފިލްމްގެ ފިރިހެން ކެރެކްޓާތަކުގެ ލުކް ދައްކާލާފައިވާއިރު، އިއްޔެ ވަނީ ފިލްމްގެ އަންހެން ލީޑުންގެ ކެރެކްޓާތައް ވެސް ދައްކާލާފައެވެ.

މި ފިލްމަކީ ކަރަން ޖޯހަރްގެ އެންމެ އުންމީދީ އެއް ފިލްމެވެ. މި ފިލްމްގެ ފިރިހެން ލީޑުންގެ ގޮތުގައި ސަންޖޭ ދަތު އާއި ވަރުން ދަވަން އަދި އަދިތުޔަ ރޯއި ކަޕޫރް ފެނިގެންދާއިރު، އަންހެން ލީޑުންގެ ގޮތުގައި ފެނިގެންދާނީ އާލިއާ ބަޓް އާއި ސޮނާކްޝީ ސިންހާ އަދި މާދުރީ ދިކްޝިތު އެވެ.