Last Updated: April 25, 21:20
Thursday, April 25, 2024
މުނިފޫހިފިލުވުން

މިންޑީ ކޭލިންގްގެ "ލޭޓް ނައިޓް"ގެ ޓްރެއިލާ ދައްކާލައިފި

މިންޑީ ކޭލިންގްގެ ފިލްމް "ލޭޓް ނައިޓް"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ކޮމެޑީ-ޑްރާމާ ފިލްމްގެ ސްކްރީންޕެލޭ ލިޔެފައިވަނީ ޚުދު މިންޑީ ކޭލިންގް އެވެ.

މި ފިލްމަކީ އަލަށް ޝޯ އާއި ގުޅުނު ލިޔުންތެރިޔަކާއެކު، ޝޯ ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ލޭޓް-ނައިޓް ޓޯލް ޝޯ ހޯސްޓެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ސަންޑޭންސް ފިލްމް ފެސްޓިވަލްގައި ޕްރިމިއާކުރި މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 07 ވަނަ ދުވަހު އެވެ. މި ފިލްމް ރިލީޒްކުރާނީ އެމެޒޯން ސްޓޫޑިއޯސް އިންނެވެ.

މި ފިލްމުން މިންޑީގެ އިތުރުން އެމާ ތޮމްޕްސަން އާއި ހިއު ޑޭންސީ އާއި ރީޑް ސްކޮޓް އަދި ޑެނިސް އޮ'ހެއަރ އާއި ޕޯލް ވޯލްޓަރ ހައުސަރގެ އިތުރުން ޖޯން ލިތުގްރޯ އާއި އޭމީ ރަޔާން ވެސް ފެނިގެންދާނެ އެވެ.

މި ފިލްމްގެ ޑިސްޓްރިބިއުޝަން ރައިޓްސް ހޯދުމަށް އެމެޒޯން ސްޓޫޑިއޯސް އިން ވަނީ ރެކޯޑް 13 މިލިއަން ޑޮލަރުގެ އަގެއް ދައްކާފައެވެ. މި ފިލްމަށް ސަންޑޭންސް ފެސްޓިވަލްގައި ވަނީ ގިނަ ބައެއްގެ ތަޢުރީފް ވެސް ލިބިފައެވެ.