Last Updated: April 19, 22:45
Friday, April 19, 2024
މުނިފޫހިފިލުވުން

ޖެނިފަރ ލޮޕެޒް އާއި އެލެކްސް ރޮޑްރިގެޒް އެންގޭޖްވެއްޖެ

ޖެނިފަރ ލޮޕެޒް އާއި އެލެކްސް ރޮޑްރިގެޒް، ދަ މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓްސްގެ ގާލާއެއްގައި - ފޮޓޯ: ޗާލްސް ސްކައިސް/އިންވިޝަން/އޭޕީ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފަރ ލޮޕެޒް އާއި އޭނާގެ ލޯބިވެރިޔާ އެލެކްސް ރޮޑްރިގެޒް އެންގޭޖްވެއްޖެ އެވެ.

ލޮޕެޒް އާއި ރޮޑްރިގެޒް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ޖޭލޯގެ އާ އެންގޭޖްމެންޓް އަނގޮޓި ދައްކާލާފައެވެ.

https://www.instagram.com/p/Buzz2J8ADNB/?hl=en

ލޮޕެޒް އާއި ރޮޑްރިގެޒް ލޯބީގެ ގޮތުން އެންމެ ފުރަތަމަ ފުޅުނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއީ މީގެ ދެ އަހަރު ކުރިންނެވެ.

ރިޕޯޓްތައް ބުނާގޮތުން ޖޭލޯގެ އެންގޭޖްމެންޓް އަނގޮޓިން ފެންނަނީ 15 ކެރެޓް ޕްލެޓިނަމް ސޮލިޓެއަރ އިން ކަނޑާފައިވާ އެމެރަލްޑެކެވެ. ލަފާކުރެވޭ ގޮތުގައި މި އަނގޮޓީގެ އަގު ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރަށް އަރާނެ އެވެ.

ލޮޕެޒް ވަނީ މީގެ ކުރިން ލަވަކިޔުންތެރިޔާ މާކް އެންތޮނީ އާއި ވެސް ކައިވެނިކޮށްފަ އެވެ. އެ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު، ރޮޑްރިގެޒް އާއެކު ކުރާ ކައިވެނި ވެގެންދާނީ ޖޭލޯގެ ހަތަރުވަނަ ކައިވެންޏަށެވެ.