Last Updated: April 27, 06:22
Saturday, April 27, 2024
މުނިފޫހިފިލުވުން

ލިއާ މިޝެލް އާއި ޒޭންޑީ ރައިކް ކައިވެނިކޮށްފި

ލިއާ މިޝެލް އާއި ޒޭންޑީ ރައިކް - ފޮޓޯ: ލިއާ މިޝެލް

ލިއާ މިޝެލް އާއި އޭނާގެ ލޯބިވެރިޔާ ޒޭންޑީ ރައިކް ކައިވެނިކޮށްފި އެވެ.

އުމުރުން 32 އަހަރުގެ ލިއާ އާއި 36 އަހަރުގެ ޒޭންޑީގެ ކައިވެނި އޮތީ ރޭ އުތުރު ކެލިފޯނިއާގައި ކަމަށް "ޕީޕަލް" އިން ރިޕޯޓްކުރެއެވެ.

ލިއާ އާއި ޒޭންޑީ ރައްޓެހިވީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު އެ ދެމީހުން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެންގޭޖްވެފަ އެވެ.

ލިއާ ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ހަވާއީގައި އޭނާގެ ރައްޓެހިންނާއެކު ބެޗެލަރެޓް ޕާޓީ ފާހަގަކޮށްފަ އެވެ. އެ ޕާޓީގައި ލިއާގެ "ސްކްރީމް ކުއީންސް"ގެ ކޯ-ސްޓާ އެމާ ރޮބާޓްސް ވެސް ބައިވެރިވިއެވެ.

ލިއާ އާއި ޒޭންޑީގެ ކައިވެނީގެ "ގްލީ"ގެ ކޯ-ސްޓާރުން ކަމުގައިވާ ޑެރެން ކްރިސް އާއި ބެކާ ޓޮބިން ވެސް ބައިވެރިވި އެވެ.