Last Updated: April 20, 14:49
Saturday, April 20, 2024
މުނިފޫހިފިލުވުން

"ކަލަންކް"ގެ ޓީޒާ ދައްކާލައިފި

20 އަހަރަށްފަހު ސަންޖޭ ދަތު އާއި މާދުރީ ދިކްޝިތު އެކުގައި ފެނިގެންދާ ފިލްމް "ކަލަންކް"ގެ ޓީޒާ ދައްކާލައިފި އެވެ.

ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ މި ފިލްމްގެ 2.05 މިނެޓުގެ ޓީޒާ މިއަދު ދައްކާލާފައިވާއިރު، ފިލްމްގައި ސަންޖޭ އާއި މާދުރީ އެކުގައި އެއްވެސް މަންޒަރަކުން ނުފެންނާ ކަމަށް ބުނެ ދައުރުވަމުންދިޔަ ވާހަކަތައް ވަނީ މި ޓީޒާގެ ސަބަބުން ނިމުމަކަށް އައިސްފައެވެ.

ޓީޒާ ޓްރެއިލާ ލޯންޗްކުރުމަށް ބޭއްވި އިވެންޓަށްފަހު މީޑިއާ އާއި ވާހަކަދައްކަމުން ސަންޖޭ ބުނީ މާދުރީ އާއެކު މަސައްކަތް ކުރުމަކީ ލިބުނު އުފަލެއް ކަމަށާއި، މާދުރީ އާއެކު އިތުރު ޕްރޮޖެކްޓްތައް ހެދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

"އަހަރެމެން އެކުގައި މަސައްކަތް މިކުރަނީ 20 އަހަރަށްވުރެ ގިނަ ދުވަސް ފަހުން. ދާދިފަހުން އަހަރެން ވަނީ ގިނަ ދުވަސްތަކަކަށްފަހު އަނީލް އާއެކުވެސް މަސައްކަތްކޮށްފަ. ކުރިން މަސައްކަތްކުރި އެކްޓަރުންނާއެކު އަލުން މަސައްކަތް ކުރުމަކީ އަބަދުވެސް ލިބޭ އުފަލެއް"، މާދުރީ މީޑިއާ އަށް ދިން އިންޓަވިއުގައި ބުނެފައި ވެއެވެ.

ސަންޖޭ އާއި މާދުރީ ވަނީ 90ގެ އަހަރުތަކުގައި މަޝްހޫރު ފިލްމްތައް ކަމުގައިވާ "ސާޖަން" އަދި "ކާލްނާޔަކް" ގައި މަސައްކަތް ކޮށްފައެވެ.