Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ގަމުން ޓްރިވެންޑްރަމް އަދި ކޮލޮމްބޯ އަށްދާ ފަރާތްތަކަށް ވަރަށް ޚާއްސަ އަގުތަކެއް!

ސ. ގަމުން ދަތުުރު ކުރާ ފަރާތްތަކަށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ސްރީލަންކަން އެއާލައިންސުން ފަށައިފިއެވެ.

އެގޮތުން ދިވެހިން އާއްމުކޮށް ޗުއްޓީ އަށާއި ބޭސްފަރުވާ އަށް ދާ ދެ މަންޒިލް ކަމަށްވާ އިންޑިއާގެ ޓްރިވެންޑްރަމް އާއި ސްރީ ލަންކާގެ ކޮލޮމްބޯ އަށް ވަރަށް ޚާއްސަ ފެއާއެއްގެ ދަށުން ދަތުރުކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

ސްރީލަންކަން އިން ބުނީ ގަމުން ޓްރިވެންޑްރަމް އަށް ދަތުރުކުރާ ފަރާތްތަކަށް ކޮޅަކަށް 126 ޑޮލަރަށް އަދި ދެކޮޅަށްނަމަ 235 ޑޮލަރަށް ޓިކެޓް ނެންގެވޭނެ ކަމަށެވެ.

އަދި ގަމުން ކޮލޮމްބޯ އަށް ދަތުރުކުރާ ފަރާތްތަކަށް އެއްކޮޅު ޓިކެޓް 176 ޑޮލަރަށް އަދި ދެކޮޅު ޓިކެޓް 291 ޑޮލަރަށް ލިބޭނެކަމަށް އެ އެއާލައިން އިން ބުނެއެވެ.

ސްރީލަންކަން އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ދަތުރުކުރައްވަން ބޭނުންފުޅު ފަރާތްތަކުން މި ހިނގާ މާޗު މަހުގެ 14 އިން 20 އަށް ޓިކެޓް ނަންގަވަން ޖެހޭނެ ކަމަށާއި، މި ޕްރޮމޯޝަންގެ ދަށުން މި މުއްދަތުގައި ޓިކެޓް ނަންގަވާ ފަރާތްތަކަށް މާޗު 16 އިން ފެށިގެން އޭޕްރީލް މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ދަތުރު ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ގަމުން ބެންގަލޫރަށް ދަތުރުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ސްރީލަންކަން އިން މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަންގެ މުއްދަތު ވެސް ވަނީ އިތުރުކޮށްފަ އެވެ.

ގަމުން ބެންގަލޫރަށް، ކޮޅަކަށް 180 ޑޮލަރަށް އަދި ދެކޮޅަށް 338 ޑޮލަރަށް ދަތުރުކުރެވޭ މި ޕްރޮމޯޝަންގެ މުއްދަތު މި މަހުގެ 31ގެ ނިޔަލަށް ފަސްކޮށްފައިވާ ކަމަށް އެ އެއާލައިނުން ބުނެއެވެ.

ސްރީލަންކަންގެ މި ޕްރޮމޯޝަންތަކާއި ގުޅޭ މައުލޫމާތުތަކާއި، ރިޒަވޭޝަން ހެއްދުމަށް ސްރީލަންކަންގެ ޖެނެރަލް ސޭލްސް އެޖެންޓް އޮފީހުގެ މޮބައިލް ނަންބަރ 7978966 އަށް ވައިބަރ ނުވަތަ ފޯނުކޮށްގެންނާއި ganres@srilankan.com އަށް އީމެއިލްކޮށްގެން މައުލޫމާތު ސާފު ކުރެއްވޭނެއެވެ.