Last Updated: April 26, 10:28
Friday, April 26, 2024
ދުނިޔެ

އެމެރިކާއިން އިންޑިއާގައި ހަ ނިއުކްލިއާ ޕްލާންޓް އަޅަނީ

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޯކްލޭ ވޮޝިންގްޓަންގައި - ފޮޓޯ: ރޮއިޓާސް

ދެ ޤައުމުގެ ރައްކާތެރިކަމާއި ނިއުކްލިއާ އެއްބާރުލުން ވަރުގަދަކުރުމަށާއި، އިންޑިއާގައި އެމެރިކާގެ ހަ ނިއުކްލިއާ ޕަވާ ޕްލާންޓް އެޅުމަށް ދެ ޤައުމުން އެއްބަސްވެއްޖެ އެވެ.

މި އެއްބަސްވުން އެކުލަވާލާފައި ވަނީ އެމެރިކާގެ ފޮރިން ސެކްރެޓަރީ، ވިޖޭ ގޯކްލޭ އާއި، އެމެރިކާގެ އަންޑާސެކްރެޓަރީ އޮފް ސްޓޭޓް ފޯ އާމްސް ކޮންޓްރޯލް އެންޑް އިންޓަނޭޝަނަލް ސެކިއުރިޓީ، އެންޑްރިއާ ތޮމްޕްސަން އާއެކު ދެ ދުވަހުގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށްފަހު އެވެ.

ދެ ޤައުމުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދެޤައުމުގެ ރައްކާތެރިކަމާއި، ނިއުކްލިއާ އެއްބާރުލުން އިތުރުކުރުމަށާއި، އިންޑިއާގައި އެމެރިކާގެ ހަ ނިއުކްލިއާ ޕްލާންޓް ޤާއިމްކުރުމަށް ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

ނިއުކްލިއާ ޕްލާންޓްގެ މަޝްރޫޢާއި ބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

މުޅި ދުނިޔޭގައި ވެސް ތިންވަނަ އަށް އެންމެ ގިނައިން ތެޔޮ ގަންނަ އިންޑިއާ އަށް އެމެރިކާގެ ނިއުކްލިއާ ރިއެކްޓާތައް ސަޕްލައިކުރުމާއި ގުޅޭގޮތުން ދެ ޤައުމުން މަޝްވަރާ ކުރަމުންދާތާ މިހާރު 10 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.