Last Updated: April 25, 21:20
Thursday, April 25, 2024
މުނިފޫހިފިލުވުން

12 ސީޒަނަށްފަހު "ދަ ބިގް ބޭންގް ތިއަރީ" މެއި މަހު ނިންމާލަނީ

"ދަ ބިގް ބޭންގް ތިއަރީ"ގެ ކާސްޓް - ފޮޓޯ: ޓީވީ ލައިން

ގިނަ ބައެއްގެ މަޤްބޫލްކަމާއި ލޯބި ހޯދާފައިވާ ޓީވީ ސީރީސް، "ދަ ބިގް ބޭންގް ތިއަރީ" 12 ސީޒަނަށްފަހު އަންނަ މެއި މަހުގެ 16 ވަނަ ދުވަހު ނިމޭނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެއި މަހުގެ 16 ވަނަ ދުވަހުގެ ރޭގަނޑު ޕްރިމިއާކުރާ ސީރިސް ފިނާލޭ ވެގެންދާނީ އެއްގަޑިއިރުގެ އެޕިސޯޑަކަށެވެ.

ޖިމް ޕާސަންސް އާއި ކޭލީ ކުއޯކޯ އާއި ޖޯނީ ގަލޭޗީ އަދި މެޔިމް ބިއަލިކް އާއި މެލިސާ ރައުކްގެ އިތުރުން ސައިމަން ހެލްބާގް އަދި ކުނާލް ނައްޔަރް ފެނިގެންދާ މި ފިލްމަކީ މިހާތަނަށް އުފެއްދި އެންމެ މަޝްހޫރު އެއް ޓީވީ ސީރީސް އެވެ.

މި ސީރީސްގެ ފިނާލޭ އާއި ހަމައަށް ދެން ބާކީ އޮތީ އެންމެ ހަތް އެޕިސޯޑެވެ.

މި ސީރީސް ނިމުމަކަށް އަންނައިރު، 'ބިގް ބޭންގް'ގެ ސްޕިން-އޮފް ސީރީސް ކަމުގައިވާ "ޔަންގް ޝެލްޑަން"ގެ ދެވަނަ ސީޒަން ވެސް ވަރަށް އަވަހަށް ނިމޭނެ އެވެ. އެ ސީރީސްގައި ޒުވާން ޝެލްޑަންގެ ރޯލް އަދާކުރަނީ އިއައިން އާމިޓޭޖް އެވެ.

"ދަ ބިގް ބޭންގް ތިއަރީ"ގެ ފުރަތަމަ އެޕިސޯޑް ޕްރިމިއާކޮށްފައި ވަނީ 24 ސެޕްޓެމްބަރ 2007 ގައެވެ.