Last Updated: April 26, 17:13
Friday, April 26, 2024
ޚަބަރު

އިސްލާމްދީނާއި ބީރައްޓެހި ސަގާފަތް ފެތުރިޔަނުދިނުމަކީ ލާޒިމް ކަމެއް: ޝެއިޚް އިލްޔާސް

ޝެއިޚް އިލްޔާސް ޙުސައިން

އިސްލާމްދީނާއި ބީރައްޓެހި ސަގާފަތްތައް ފެތުރިޔަނުދިނުމަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުކަމެއް ކަމަށް ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

އިލްޔާސް މި މުހިއްމު ވާހަކަ ވިދާޅުވެފައިވަނީ އެ ބޭފުޅާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"ދިރިއުޅުން ބާއްޖަވެރިކުރުމަށްޓަކައި އިސްލާމްދީނުގައި އައިސްފައިވާ 5 މަގްސަދުގެ ތެރެއިން އެންމެ މުހިއްމު މަގްސަދަކީ ދީން ހިމާޔަތްކުރުން. ވީމާ އިސްލާމްދީނާއި ބީރައްޓެހި ސަގާފަތްތައް ފެތުރިޔަނުދިނުމަށްޓަކައި މަސައްކަތްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުކަމެއް." ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.

ޝެއިޚް އިލްޔާސްގެ ޓްވީޓްގައި ވަނީ ދިރިއުޅުން ބާއްޖަވެރިކުރުމަށްޓަކައި އިސްލާމްދީނުގައި އައިސްފައިވާ 5 މަގްސަދުގެ ތެރެއިން އެންމެ މުހިއްމު މަގްސަދަކީ ދީން ހިމާޔަތްކުރުން ކަމަށް ވިދާޅުވެފައެވެ. އެކަމުން ދީން ހިމާޔަތްކުރުމުގެ މުހިއްމުކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ. ދީން ހިމާޔަތްކުރުމަކީ ވަކި ބަޔަކު ނުވަތަ ހަމައެކަނި ދީނީ އިލްމުވެރިން ކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ ކޮންމެ މުސްލިމަކު ކުރަންޖެހޭނެ ކަމެކެވެ.