Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އަބްދުﷲ ރިޔާޒްގެ ނަން ނެގުމަށް މުސްތަފާ ގޮވާލައިފި

ރިޔާސީ އިންތިޚާބަށް ތިމަރަފުށީ ދާއިރާއަށް ކުރިމަތިލައްވާފައިވާ ޢަބްދުﷲ ރިޔާޒްގެ ނަން ނެގުމަށް އެ ދާއިރާއަށް ދެން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އަދި މިހާރުވެސް އެ ގޮނޑި ފުރުއްވަމުން ގެންދަވާ މުހައްމަދު މުސްތަފާ ގޮވާލައްވައިފިއެވެ.

މުސްތަފާ ކުރެއްވި ޓްވީޓްގައި ވަނީ ޢަބްދުﷲ ރިޔާޒްގެ ނަން ނެންގެވުމަށް ގޮވާލައްވާ އެެއީ ބޭކާރުކުރާ ވޯޓެއްކަމަށް ވިދާޅުވެފައެވެ.

"ޢަބްދުﷲ ރިޔާޒްގެ ނަން ނެގުމަށް ގޮވާލަން، ބާޣީ ރިޔާޒަށް ދެވޭ ވޯޓަކީ ބޭކާރުކުރާ ވޯޓެއް! ﷲގެ ހެޔޮ ރަޙުމަތާއެކު ފަސޭހަކަމާއެކު ތިމަރަފުށީ ދާއިރާގެ ގޮނޑި ނަގާނަން!!" މުސްތަފާ ވިދާޅުވިއެވެ.

ތިމަރަފުށީ ދާއިރާގެ ގޮނޑިއަކީ ވަރަށް ވާދަވެރި ގޮނޑިއަކަށް މިފަހަރު ވަނީ ވެފައެވެ. ޢަބްދުﷲ ރިޔާޒް އަދި މުސްތަފާގެ ކޯޅުން ދަނީ ދުވަހެއް ދުވަހަކަށް ގަދަވަމުންނެވެ. ވަރަށް ޔަގީން ކަމާއެކު މި ގޮނޑި ލިބޭނެ ކަމަށް ފަށްފަށުން މުސްތަފާ ދަނީ ވިދާޅުވަމުންނެވެ. ބަހުގެ ހަމަލާތައް ސޯޝަލް މީޑިއާގައި ދަނީ އަމާޒު ކުރަމުންނެވެ. އިންތިޚާބު އައިސް މިވަނީ ބޯމަތިވެފައެވެ. ވީއިރު ރައްޔިތުންގެ ކެންޑިޑޭޓަކަށް ކަނޑައެޅީ ކޮން ބޭފުޅެއްކަން ވޯޓަށްފަހު އެނގިގެންދާނެއެވެ.