Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

މަޖިލިސް ގަވާއިދަށް އިސްލާހުކުރަން އުޅެނީ ރައީސް ސޯލިޙް ބްލެކްމެއިލް ކުރުމުގެ ގޮތުން: އީވާ

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސް ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން ފަސޭހަކުރަން މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މުޅި ދައުލަތް ބްލެކްމެއިލް ކުރުމަށް ކަމަށް ލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އީވާ މިހެން ވިދާޅުވެފައި ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވި ގޮތުގައި، ކުއްލި ކުއްލިއަށް މަޖިލިސް ގަވާއިދު ބަދަލުކުރަނީ ހަމަ އަމިއްލަ ބޭނުމަކަށްޓަކައި ކަމަށެވެ.

އީވާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް މަސައްކަތް ކުރަނީ ކަނޑައެޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިޙަށާއި އެމަނިކުފާނުގެ ކެބިނެޓަށް ބިރުދެއްކުމުގެ އުސޫލުން ކަމަށެވެ.

އަދި އެގޮތަށް އަމަލުކުރަނީ އިންތިޚާބެއް ބޯމަތިވެފައި ވަނިކޮށް ބޭނުންފުޅުވާ ގޮތަށް ނުވަތަ ވަކިވަކި މެންބަރުން ބޭނުންފުޅުވާ ގޮތަށް ސަރުކާރު ބައްޓަންކުރުމަށާއި އަދި ކެމްޕެއިނަށް ލުއި ވާނެ ގޮތަށް ސަރުކާރު ބައްޓަން ކުރުމުގެ ބޭނުމުގައި ކަމަށެވެ.

އީވާ ވިދާޅުވި ގޮތުގައި ޤާސިމް ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރަށް ޖެއްސުން ކުރެއްވުމަށް ރައްޔިތުންގެ މަޖިލިސް ބޭނުންކުރައްވަމުންނެވެ.

"ރައްޔިތުންގެ މަޖިލިސް މިހާރު މި ބޭނުންކުރަނީ ކުރިއަށް އޮތް އިންތިޚާބުގައި ހަމަ ސަރުކާރަށް ޖެއްސުންކުރާންވެގެން. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޖެއްސުންކުރާނަމޭހިތާ. އިއްޒަތްތެރި ރައީސް، އެހެންނެއް ނުވާނެ. ސަރުކާރު އެއަށްވުރެ މާ ވަރުގަދަ" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވި ގޮތުގައި، އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭ ކަމެއް ރައީސް ސޯލިޙްގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެއްވެސް ބޭފުޅަކު ނުކުރައްވާ ކަމަށެވެ.

ރައްޔރައް