Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ނިއުޕޯޓުގެ އިތުރު ތަންތަން ހުސްކުރަން ފަސް ދުވަހުގެ ނޯޓިސްއެއް!

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އަންނަ ނިއުޕޯޓުގެ އިތުރު ތަންތަން ހުސްކުރަން ފަސް ދުވަހުގެ ނޯޓިސްއެއް ދީފިއެވެ.

ސްޓްރާޑާގެ އޮފިޝަލަކު "އައްޑޫ ލައިވް" އަށް މައުލޫމާތުދެމުން ވިދާޅުވީ އެސްޓީއޯ އައިފާން ބިލްޑިންގައި ހުރި ނިއުޕޯޓުގެ ރެސްޓޯރެންޓާއި "ރާވެރިބޭ ކޮއްތުވެނި" ގައި ހުރި ނިއުޕޯޓުގެ ދެ ތަނެއް ކަމަށެވެ.

މި ތަންތަން ހުސްކުރަން ފަސް ދުވަހުގެ ނޯޓިސް ދީފައިވަނީ މިއަދު ކަމަށާއި، އެ މުއްދަތުގައި އެ ތަންތަން ހުސްނުކޮށްފިނަމަ އެތަނުގައި ހުރި ތަކެތި ބޭރުކުރާނެ ކަމުގެ އިންޒާރު އެސްޓީއޯ އިން ދީފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މި ތިން ތަން ހުސްކުރަން އަންގާފައިވާއިރު އެ ތަންތަނަށް ބަރާބަރަށް ކުލި ދައްކަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ތިން ތަނުގެ އިތުރުން ދާދި ފަހުން ހުޅުވި ނިއު ޕޯޓް ވިއު ރެސްޓޯރަންޓު ބަންދުކޮށް އެ ބިން ހުސްކުރަން ސަރުކާރުން ވަނީ އެއް މަސްދުވަހުގެ ނޯޓިސް އެއް ވެސް ދީފައެވެ. އެ ބިން ހުސްކުރަން އެންގީ އެ ސަރަހައްދު އާންމުންނަށް ހުޅުވާލަން ސަރުކާރުން ބޭނުންވާތީ ކަމަށް އެނގިފައިވެއެވެ.

ސްޓްރާޑާ ކުންފުނިން ހިންގަމުން އަންނަ ނިއުޕޯޓުގެ އެކި ތަންތަން ހުސްކުރަން އަންގަމުންދާއިރު ސްޓްރާޑާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މީގެކުރިން ޕީޕީއެމްގެ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވި ޒާހިދު ރަމީޒެވެ.